- Advertisement -ad image

ރާއްޖެއަށް ލިބެން އޮތް އެންމެ އަކަފޫޓެއްވެސް ދޫކޮށްލުމާއި ދެކޮޅު: އަލީ ހުސެއިން

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގެ އިގުތިސާދީ ސަރަޙައްދުން ނުވަތަ ރާއްޖެއަށް ލިބެން އޮތް ސަަރަޙައްދަކުން އެންމެ އަކަފޫޓެއްވެސް ދޫކޮށްލުމާ ދެކޮޅު ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އަލީ ހުސެއިން މިހެން ވިދާޅުވީ ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސްގެ މައްސަލާގައި ރާއްޖޭގެ ޒަމާންވީ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ރާއްޖެއިން ނިންމާފައިވާ ކަން ރާއްޖެއިން ހާމަކުރުމާ ގުޅިގެންނެވެ.

އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ސިޔާސަތު މި މައްސަލައިގައި ފުރަތަމަވެސް އޮތީ ގޯސްކޮށް ކަމަށެވެ.
އަދި ސިޔާސަތު ބަދަލުވެގެން މިދިޔައީ އެއަށްވުރެ އަދި މާ ނުބައިމަގަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޗާގޯސްގެ މައްސަލާގައި މޮރިޝަސްއާ އެއްކޮޅު ގަރާރަށް ތާއީދުކުރަން ރާއްޖެއިން ނިންމިކަން ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި މއިއުލާން ކުރެއްވީ އެ ޓްރައިބިއުނަލްގައި ރާއްޖޭގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ