- Advertisement -ad image

ވޯޓުދެނީ މޮރީޝަސް ކޮޅަށް، އެކަމަކު ބުނަނީ ރާއްޖޭގެ ސަރަހައްދުން އެއްވެސް ތަނެއް ދޫކޮށްނުލާނެ ކަމަށް!

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސްގެ މައްސަލާގައި ރާއްޖޭގެ ޒަމާންވީ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ރާއްޖެއިން ނިންމި ނަމަވެސް ރާއްޖޭގެ ސަރަހައްދުން އެއްވެސް ތަނެއް ދޫކޮށްނުލާނެ ކަމަށް ސަރުކާރުން ބުނެފިއެވެ

އޭޖީ އޮފީހުން ބުނީ ޖަރުމަނުގައި ހުންނަ، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މިހާރު ކުރިއަށް އެ ދަނީ ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭ މައްސަލައެއް ކަމަށެވެ.
އަދި އެއީ މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައެއް ކަމަށާއި މި މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުނުވާ ކަމަށް އޭޖީ އޮފީހުން ބުނެ އެވެ.
ސަރުކާރުން މިހެން ބުނެފައި މިވަނީ މިމައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލުކުރުމުން އިދިކޮޅު ފަރާތްތަކުގެ އިތުރުން ކަމާ ގުޅުންހުރި ފަރާތްތަކުންވެސް ކަންބޮޑުވުން ފާޅުކުރަމުން ދާތީ ނެރުނު ބަޔާނެއްގައެވެ.

އދ ގެ ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީގެ ދަށުން މައްސަލަ މައުޟޫއީ ގޮތުން އިޓްލޮސް އިން ބަލައި، އެ މުޢާހަދާގައި ބަޔާން ކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް، ފުށުއަރާ ކަނޑުގެ ސަރަޙައްދުތަކުގެ ބައުންޑަރީ ކަނޑައަޅަން އެއްބަސްވާ ކަމަށްވެސް އޭޖީން ބުނެއެވެ.

ބައިނަލްއަޤްވާމީ އުސޫލުތަކަށް ރިއާޔަތް ކުރާއިރު، އާންމު އުސޫލެއްގެ ގޮތުން މިފަދަ ބައުންޑަރީތައް ކަނޑައަޅަނީ އިކުއިޑިސްޓެންސްގެ ހަމަހަމަ އުސޫލަށް ބިނާކޮށްގެން ކަމަށާއި އޭގެ ނަތީޖާއަކަށް ވާނީ، މުއާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގެ ބައުންޑަރީ ކަނޑައެޅި، ދިވެހިރާއްޖެއަށް އެ ސަރަހައްދުތަކުގެ މައްޗަށް ސިޔާދަތީ ހައްގުތައް ލިބިގެން ދިއުން ކަމަށް ވެސް ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ