- Advertisement -ad image

ޓޮމް ސިފައިންނަށް: ގައުމަށް ގައްދާރުމިވަނީ ސިފައިންގެ އެންމެ މަތީވެރިޔާ، މިކަމަށް ފިޔަވަޅު އަޅާނީ ކޮންއިރަކުން؟

ad image

ގުޅުންހުރި ލިޔުންތައް

ގައުމަށް ގައްދާރުމިވަނީ ސިފައިންގެ އެންމެ މަތީވެރިޔާ ކަމަށާއި މިކަމަށް ފިޔަވަޅު އަޅާނީ ކޮންއިރަކުންތޯ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު ސުވާލު ކުރައްވައިފިއެވެ.

ޗާގޯސް މައްސަލައިގައި ނުފެންނަ ފަރާތް ކަމަށް ވިދާޅުވެ ކުރެއްވި ޓުވީޓެއްގައި ޓޮމް ވަނީ ދިވެހި ސިފައިންނަކީ ދިވެހިރާއްޖެ ހިމާޔަތްކުރަން ހަށިގަނޑާއި ފުރާނައިން ޤުރުބާންވުމަށް މާތް ﷲ ގަންދީ ހުވާކޮށްގެން ތިބިބައެއް ކަމަށް ވިދާޅުވެފައެވެ.
އަދި ގައުމަށް ގައްދާރު މިވަނީ ސިފައިންގެ އެންމެ މަތީވެރިޔާ ކަމަށާއި މިކަމަށް ފިޔަވަޅު އަޅާނީ ކޮންއިރަކުންތޯ ޓޮމް ވަނީ ސުވާލުކުރައްވާފައެވެ.

އދ މަޖިލީހުގެ ރިޔާސަތު ދިވެހިރާއްޖެއަށް ހޯދައިދިނީ އިންޑިޔާކަމުން، އޭގެ ބަދަލުގޮތުގައި ދިވެހި މަސްކަނޑުން ބައެއް އިންޑިޔާގެ ބާރުދަށުގައި އޮތް މޮރިޝަޝްއަށް ދޫކޮށްލުމަށް ނިންމި ކަމަށްވެސް ޓޮމް ވިދާޅުވިއެވެ.

ޗާގޯސްގެ މައްސަލައިން އެނގިގެންދަނީ ޤައުމުގެ ވެެރިކަން ކޮންމެ ކޮންމެ ބަޔަކަށް ދޭން ހެޔޮނުވާނެކަން ކަމަށްވެސް ތާރިގު ވިދާަޅުވިއެވެ.
” އެ ވިއްކާލީ ރާއްޖޭގެ މަސްކަނޑުން ބަޔެކެވެ. ރައްޔިތުންގާތުން ހޭވެސް އަހާނުލިއެވެ “ ޓޮމް ވިދާޅުވިއެވެ.
ޓޮމް ވިދާޅުވީމޮރިޝަސްގެ ސަރުކާރުގެ މައްޗަށް އިންޑިޔާގެ ފުރިހަމަ ނުފޫޒު ހިނގާކަން އެނގޭ ކަމަށާއި މޮރިޝަޝްގައި އިންޑިޔާގެ މިލިޓަރީބޭސްއެއް 2015 އިންފެށިގެން އެފްކޮން ކުންފުނިން ހަދަމުންދާކަމަށް އަލްޖަޒީރާ ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ޗާގޯސްގެ މައްސަލާގައި މޮރިޝަސްއާ އެއްކޮޅު ގަރާރަށް ތާއީދުކުރަން ރާއްޖެއިން ނިންމިކަން ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި މއިއުލާން ކުރެއްވީ އެ ޓްރައިބިއުނަލްގައި ރާއްޖޭގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތެވެ.

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސްގެ މައްސަލާގައި ރާއްޖޭގެ ޒަމާންވީ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ރާއްޖެއިން ނިންމި ނަމަވެސް ރާއްޖޭގެ ސަރަހައްދުން އެއްވެސް ތަނެއް ދޫކޮށްނުލާނެ ކަމަށް ސަރުކާރުން ބުނެފިއެވެ

އޭޖީ އޮފީހުން ބުނީ ޖަރުމަނުގައި ހުންނަ، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މިހާރު ކުރިއަށް އެ ދަނީ ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭ މައްސަލައެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ