- Advertisement -ad image

މަސް ހިފަން ފޭބި މީހާގެ ހަށިގަނޑު ފެނިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

އައްޑޫސިޓީ ހިތަދޫން ފުރައިގެން ސ.ކަނޑިހެރަ ކައިރިއަށް ޑިންގީއެއްގައި މަސް ހިފަން ގޮސްއުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ މީހާ، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ އެހީތެރިކަމާއެކު އައްޑޫސިޓީ ހިތަދޫއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންއަށް ލިބިފައިވަނީ މިއަދު 11:32 ހާއިރު ކަމަށެވެ.

އަދި މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ސ.ކަނޑިހެރަ ކައިރިއަށް މަސް ހިފަން ދިޔަ ޑިންގީގައި ތިން މީހުން ތިބިއިރު، އޭގެތެރެއިން މަސް ހިފަން މޫދަށް ފޭބީ ދެ މީހުންނެވެ. އަދި މޫދަށް ފޭބި ދެ ދެމީހުންގެ ތެރެއިން، މަސް ހިފަން އަޑިއަށް ދިޔަގޮތަށް އޭގެތެރެއިން އެކަކު މައްޗަށް ނާރައިގެން، އެމީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ޑައިވަރުންނާއި އާންމުން ވެގެން ދިޔައީ ހަރަކާތްތެރިވަމުންނެވެ. ގެއްލިގެން ހޯދަމުންދިޔަ އުމުރުން 24 އަހަރުގެ ފިރިހެން މީހާ ފެނިފައިވަނީ އެ ސަރަހައްދުގައި އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ އާންމުންގެ ބަޔަކަށް މިއަދު 12:18 ހާއިރުއެވެ.

އެމީހާ ފެނުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ އެހީތެރިކަމާއެކު އެމީހާ ވަނީ 12:30 ހާއިރު އައްޑޫސިޓީ ހިތަދޫއަށް ގެންގޮސް، އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ