- Advertisement -ad image

އެހެން ގައުމަކުން ފައިސާއެއް ލިބޭކަށް ނެތް، އޮތް ހަމައެކަނި ގޮތަކީ ޓެކްސް ބޮޑުކޮށްގެން ފައިސާ ހޯދުން

ad image

ގުޅުންހުރި ލިޔުންތައް

ދުނިޔޭގެ އެހެން ގައުމަކުން ފައިސާ ހޯދޭނެ އެއްވެސް ފުރުސަތެއް ނެތުމުން މިވަގުތު އޮތް ހަމައެކަނި ގޮތަކީ ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާަޅުވީ، ސަރުކާރުގެ ހަރަދުތައް ވަރަށް ބޮޑަށް މިހާރުވެސް ކުޑަކޮށްފައިވާ ކަމަށެވެ.

ސަރުކާރުގެ ހަރަދުތައް އެންމެ ބޮޑަށް ކުރަނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮޖެކްޓްތަކަށާއި ސިވިލް ސާރވިސް މުވައްޒަފުންގެ މުސާރައަށް ކަމަށާއި ސަރުކާރުން ކުރިއަށް ދަނީ ވަރަށް ވިސްނައިގެން ކަމަށެވެ.
އަމީރު ވިދާޅުވީ، ޔޫރަޕިއަން ޔޫނިއަންގައުމުތަކާއި އެމެރިކާގެ ގައުމުތަކުގެ އިންޓަރެސްޓް ރޭޓްސް އިތުރު ކުރީމަ އިންފްލޭޝަނަރީ ޕްރެޝަރތަކާއި ހެދި ބޭރަަށް ގޮސްގެން ޑެފިސިޓް ފައިނޭންސްކޮށް ގެޕް ފިލްކުރަން ބޭރަށް ގޮސް ފައިސާ ހޯދުމުގެ އެއްވެސް ފުރުސަތެއް މިހާރަކު ނެތް ކަމަށެވެ.
އަދި އެތެރޭގެ އާމުދަނީ އިތުރު ކުރެވޭ ގޮތްތައް ހޯދަން އެގޮތްތަކަކީ ޖީއެސްޓީ އާ ޓީޖީއެސްޓީ ރޭޓްސް އިތުރު ކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކޮށްގެން ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ 2.5 ބިލިއަން ރުފިޔާ، ރައްޔިތުންގެ އަތުން ނުނަގާ ސަރުކާރުގެ ހަރަދު ދެކޮޅުޖެއްސޭނެ ގޮތެއް ނެތީތޯ ސުވާލު ކުރައްވާފައެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ރިކަރަންޓު ހަރަދު ހަމަޖެއްސުމަކީ ޓެކްސް ބޮޑުކުރާ އެއް ސަބަބު ކަމަށާއި، އޭގެ އިތުރުން ހަރަދުތައް ކުޑަކުރަންވެސް ސިޔާސަތުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.


ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ