- Advertisement -ad image

ޗާގޮސް އަކީ މޮރީޝަސްގެ ބައެއްކަމަށް އެއްބަސްވުމަކީ ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުން: ނަޝީދު

ad image

ގުޅުންހުރި ލިޔުންތައް


ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއްކަމަށް އެ ޤައުމުން ކުރާ ދައުވާއަށް ދިވެހި ސަރުކާރުން އެއްބަސްވެއްޖެނަމަ ދިވެހި ސަރުކާރަށް އެއްބަސް އެ ވެވެނީ ދިވެހިރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ.
އެގޮތުން ނަޝީދު ވިދާޅުވީ، މޮރިޝަސްގެ ސިޔާދަތު ނުވަތަ ސޮވިރިނިޓީ ފޯޅަވަހީގެ މައްޗަށް އޮތް ކަމަށް ދިވެހި ސަރުކާރުން ގަބޫލު ކުރީމަ ދެން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ދިވެހި ސަރުކާރުން އެ އެއްބަސް ވެވުނީ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ޗާގޮސްގެ ސިޔާދަތާ ގުޅޭ މި މައްސަލައަކީ މީގެ އެތައް އަހަރުތަކެއް ކުރިން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އެފެދިފައިވާ، އެހެންނަމަވެސް ޙައްލުކުރެވިފައިނުވާ މައްސަލައެކެވެ.
އަދި 23 އޮގަސްޓު 2019 ގައި މޮރިޝަސްގެ ފަރާތުން، ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (ޓްރައިބިއުނަލް) އަށް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (މުޢާހަދާ) ގެ ދަށުން މައްސަލައެއްވަނީ ހުށަހަޅާފައެވެ.
އެ މައްސަލައިގައި، މޮރިޝަސް އިން ހުށަހެޅި މައްސަލަ ބަލައި ކަނޑުގެ ސަރަޙައްދުގެ ބައުންޑަރީ ކަނޑައެޅުމުގެ އިޙްތިޞާޞް ޓްރައިބިއުނަލަށް ލިބިގެންނުވާކަމަށް އިޖުރާއީ ގޮތުން ދިވެހިރާއްޖެއިން ފާހަގަކުރި ނަމަވެސް ޓްރައިބިއުނަލުން 28 ޖަނަވަރީ 2021 ގައި ނިންމާފައިވަނީ މައްސަލަ ބެލުމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ޗާގޯސް އަކީ މޮރޮސަސްގެ ބައެއްކަމަށް ދިވެހިން ދުވަހަކުވެސް އެއްބަސްވެގެން ނުވާނެ ދިވެހިންޖެހޭނީ އެއީ ދިވެހި ބިމެއްކަމަށް ދަޢުވާކުރަން، ބައެއްގެ މަސްލަހަށްޓަކައި ދިވެހި ބިމެއް ދޫކޮށްލުމަކީ ޚިޔާނާތެކެވެ

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ