- Advertisement -ad image

ޗާގޮސް މައްސަލައިގާ ސަރުކާރުގެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިދާނެ: އީވާ

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލުމުގެ ފުރުސަތު ބޮޑުވާ ފަދަ ނިންމުމެއް ސަރުކާރުން ނިންމައިފާވާ ކަމަށް މަޖިލިޙުގެ ނައިބު ރައީސް އިވާ އަބްދުالله ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިގައި ވާހަކަފުޅު ދައްކަވަމުން އީވާ ވިދާޅުވީ މިމައްސަލާގައި ފުރަތަމަ ނުކުތާއަކީ ސަރުކާރުގެ ނިންމުމަކީ ކޮންމެވެސް ހިސާބަކުން ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިދާނެ ވަރުގެ ނިންމުމެއް ކަމަށެވެ.
އަދި އެ ނިންމުމަކީ ރާއްޖޭގެ ފަސްގަނޑުން ނުވަތަ ލޮނުގަނޑުން ނަމަވެސް ބައެއް ގެއްލިގެންދާނެ ކަމެއް ކަމަށް އީވާ ވިދާޅުވިއެވެ.

މިކަމުގައި ސަރުކާރުގެ ނިންމުމާމެދު ކަންބޮޑުވުން ފާޅުކުރައްވާ އީވާ ވިދާޅުވީ، ދެވަނަ ކަމަކީ ރައްޔިތުންގެ މަޖިލީހާ މަޝްވަރާކުރުމެއް ނެތި ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލުމުގެ ފުރުސަތު އޮތް ކަމެއް ސަރުކާރުން ނިންމުން ކަމުގައެވެ.
އީވާ ވިދާޅުވީ މަޖިލީހުގެ އައްޑޫ ދާއިރާތަކާއި ފުވައްމުލަކުގެ ދާއިރާތަކުގެ މެންބަރުން ކުރެން އެ ބޭފުޅުންނާ މި ނިންމުމާމެދު ސަރުކާރުން މަޝްވަރާކުރިތޯ ސުވާލުކުރުމުން އެ ބޭފުޅުންނަށްވެސް އެ ނިންމުމާ ގުޅޭ މައުލޫމާތު ލިބިވަޑައިގެންފައި ނެތްކަން އެނގިވަޑައިގެންނެވި ކަމަށެވެ.

އަދި ތިންވަނަ ކަމަކީ ސަރުކާރުގެ ވިސްނުން 2019 ވަނަ އަހަރު ހުރި ގޮތާއި މިހާރު ހުރި ގޮތާ ތަފާތުވެ ބަދަލުވީ ކީއްވެކަން ސަރުކާރަށް ސާފުނުވާ ކަމަށާއި އެގޮތުން މިހާތަނަށްވެސް ވިސްނުން ބަދަލުވި ސަބަބެއް ސަރުކާރަށް ސާފުކޮށްނުދެވޭ ކަމަށެވެ.

އީވާ ވިދާޅުވީ ސަރުކާރުން ނިންމި ނިންމުމަކީ މޮރިޝަސްގެ އަތުގައި ނެތް އެއްޗެއް އެ ޤައުމަށް ދިނުމަށް ނިންމި ނިންމުމެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ