- Advertisement -ad image

ސްކޭމް ކޯލްތަކުގެ މައްސަލަ ބޮޑުވާތީ އެކަންކަން ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކުން އެއް މޭޒަކަށް!

ad image

ގުޅުންހުރި ލިޔުންތައް

ސްކޭމް ކޯލްތަކުގެ މައްސަލަ ބޮޑުވަމުންދާތީ އެކަންކަން ހައްލުކުރުމަށް ޤާނޫނީ ގޮތުން ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން ކަމާ ގުޅުންހުރި މުއައްސަސާތައް މަޝްވަރާކުރަން ފަށައިފިއެވެ.
މި މަޝްވަރާތަކުގައި މަރުކަޒީ ބޭންކް އެމްއެމްއޭއާއި، ބޭންކް އޮފް މޯލްޑިވްސްއާއި، މޯލްޑިވްސް އިސްލާމިކް ބޭންކްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްވަރާ ބައްދަލުވުމުގައި ވަނީ ސްކޭމް ކޯލާއި އޮޅުވާލައިގެން ފައިސާ ޓްރާންސްފާކޮށް، ކުށްކުރުން ގިނަވަމުން ދާތީ އެ ކަންކަން ހައްލުކުރަން އިދާރީ އަދި ގާނޫނީ ގޮތުން ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މަކަރާއި ޙީލަތުން އަދި އެކި ނަންބަރުތަކުން އެކި ކުންފުނިތަކުގެ ނަމުގައި ގުޅައިގެން އޮޅުވާލައިގެން ބޮޑެތި ޢަދަދުތަކުން ފައިސާ ހޯދާ މައްސަލަތައް ވަނީ ފަހަކަށް އައިސް އިތުރުވެފައެވެ. އޮޅުވާލައިގެން ފައިސާ ހޯދުމަށް ގުޅާ ގިނަ ނަންބަރުތަކަކީ އެއްވެސް މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި ނުވާ ނަންބަރުތަކެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި އެފަދަ ނަންބަރުތަކަކީ ބިދޭސީއެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިހުންނަ ނަންބަރުތައްކަމަށާއި، އެފަދަ ޙާލަތުގައި އެމީހުން ދެނެގަނަންނައިރު، އެއީ އެތައް އަހަރެއްކުރިން ރާއްޖެ ދޫކޮށް ޤައުމަށް ގޮސްފައިވާ ބިދޭސީއަކަށްވާކަމަށް ފުލުހުން ހާމަކުރެއެވެ.
މިކަމަށް ހައްލު ގެނައުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މޮބައިލް ސިމް ވިއްކުން ހަރުކަށިކޮށް، ހަރުދަނާ ފިޔަވަޅުތަކެއް އަޅަން މިހާރު ވަނީ ފަށާފައެވެ.
އެގޮތުން އެއްވެސް މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިނުވާ ނަންބަރުތައް 24 ގަޑިއިރުގެ ތެރޭގައި ބްލޮކްކުރުމަށް ނިންމާފައިވެއެވެ.
މިހާރަކަށް މިފަދަ ގިނަ މައްސަލަތައް ފެންމަތިވަމުންދާއިރު ކަމާބެހޭ ފަރާތްތަކަށް އެކަށީގެންވާ ހައްލު ހޯދައިނުދެވޭ ކަމަށް ބުނެ ގިނަ ފަރާތްތަކުން ފާޑުކިޔައެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ޒިންމާ ދާރުކަން އިންތިހާއަށް ކުޑަ، އިޚުލާސްތެރިކަމެއްނެތް މަހެއްދެވިގެން މުއައްސަސާތަކުގެ ވެރިން، އުޅުއްވުމުގެ ނަތީޖާ މިފެންނަނީ. ފައިސާގެ މުޢާމަލާތުޔައް ވައިބަރ ގުރޫޕްތަކުގައި ހިންގަވަނީ މިބޭފުޅުން. މީދޮގެއްތޯ؟

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ