- Advertisement -ad image

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު ނިޔާވުމުން، ސަބަބު ހޯދުމަށް އޮޓޮޕްސީ ހަދަނީ

ad image

ގުޅުންހުރި ލިޔުންތައް

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން މެޔަށް ތަދެއް އަރައިގެން މީހަކު ނިޔާވެއްޖެއެވެ.
ފުލުހުންގެ ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހަކު، މެޔަށް ތަދެއް އަރައި، ފިޓް ޖެހުން ފަދަ އަލާމާތްތަކެއް ފެނުމާ ގުޅިގެން ގދ.މަޑަވެލި ހެލްތް ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް އެމީހާ ނިޔާވެފައިވާ ކަމަށް ބެއްލެވި ޑޮކްޓަރާ ހަވާލާދީ ފުލުހުން ހާމަކުރިއެވެ.
ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ގެންގޮސްފައިވަނީ ކުއްޔަށް ހިފާފައިވާ ލޯންޗެއްގައި އަދި އެ ލޯންޗްގައި އާއްމުންވެސް ތިބި ކަމަށް ފުލުހުން ހާމަކުރެއެވެ.
ނިޔާވެފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މީހާގެ މަރުގެ ސަބަބު ދެނެގަތުމަށްޓަކައި އޮޓޮޕްސީ ހެދުމަށްވެސް ނިންމާފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ