- Advertisement -ad image

ދިވެހި ފަސްގަނޑުގައި ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށްވާ ތަން ދެކެން ބޭނުމެއްނޫން: ރައީސް ޔާމީން

ad image

ގުޅުންހުރި ލިޔުންތައް

ދިވެހި ފަސްގަނޑުގައި ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށްވާ ތަން، ހުރިހާ ޒުވާނުން ފުރުސަތުތަކުން ބީވެގެން ދާތަން ދެކެން ބޭނުން ނުވާ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެއެވެ.
ނ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ހޮޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ވިދާޅުވީ، މިހާރު އިންޑީއާ އިން ކުރެހުން ނުލިބޭނަމަ ޕޮލިސް ސްޓޭޝަނެއްވެސް ނޭޅޭ ކަމަށެވެ.
އަދި މިހާލަތަށް ދިއުމުން ދިވެހި ރައްޔިތުން ވިސްނަންޖެހޭ ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި ހޮޅުދޫ މަގުތައް ރަނގަޅު ފެންވަރަކަށް ހަދައިދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނު ނުކުރާނެ ކަންކަމުގެތެރޭގައި ސިޔާސީ މަންފާއެއް ހޯދުމަށްޓަކައި އެހެން ބައެއް ސިޔާސީ ލީޑަރުން ހައްދަވާ ގޮތަށް ވޯޓު ހޯދުމުގެ މަގުސަދުގައި ރައްޔިތުންނަށް އޮޅުވައިނުލުން ހިމެނޭ ކަމަށެވެ. އަދި އެ މަނިކުފާނަކީ ރައްޔިތުންނަށް އޮޅޭ ގޮތަށް ނުވަތަ ދޮގު ހަދައިގެން ވާހަކަދައްކާނެ މީހެއް ނޫން ކަމަށާއި، އެކަން ކުރަންވެއްޖިއްޔާ ސިޔާސީ މަސައްކަތުގައެއް ނޫޅޭނަން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ