- Advertisement -ad image

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި މީހާގެ ހަށިގަނޑު މާލެ ގެނެސްފި

ad image

ގުޅުންހުރި ލިޔުންތައް


ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ނިޔާވި މީހާގެ ހަށިގަނޑު ރޭ ދަންވަރު މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެގޮތުން ފުލުހުން ބުނީ ގދ ހޯނޑެއްދޫ، ސްވެން، އަބްދުالله ރަޝީދުގެ ހަށިގަނޑު ރޭ ދަންވަރުގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށެވެ.
ފުލުހުން ކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން، މެޔަށް ތަދެއް އަރައި، ފިޓް ޖެހުން ފަދަ އަލާމާތްތަކެއް ފެނުމާ ގުޅިގެން ގދ.މަޑަވެލި ހެލްތް ސެންޓަރަށް އަބްދުالله ރަޝީދު ގެނއދިޔައިރުވެސް ވަނީ ނިޔާވެފައި ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ގެންގޮސްފައިވަނީ ކުއްޔަށް ހިފާފައިވާ ލޯންޗެއްގައި އަދި އެ ލޯންޗްގައި އާއްމުންވެސް ތިބި ކަމަށް ފުލުހުން ހާމަކުރެއެވެ.

މި މީހާގެ މަރުގެ ސަބަބު ދެނެގަތުމަށްޓަކައި އޮޓޮޕްސީ ހެދުމަށްވެސް ނިންމާފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ފުލުހުން ޖައްސާ ސްޓަންޓް އަބްދުﷲރަޝީދު މެއަށް ތދުވާވާހަކަ ބުނުމުން ފުލުހުން ބުނީ ތީއެކްޓޭ ކިޔާ ގޮވައިގެން ދިޔައީ އކޓް ނޫންކަން އެނގުނު ހިސާބަކީ ނޭވާހުއްޓުނު ހިސާބް އިޒްރޭލް ޔަހޫދީންގެ ފެންވަރަށް ދިވެހިން ވެއްޓުނީމަ އަދިވެސް ޕޮރުފެޝަނޭ

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ