- Advertisement -ad image

އިދިކޮޅުން މިއަދު މަގުމަތީގައި ތިބީ، ހުރިހާ ބާރެއް އޮވެމެ ގާނޫނު ހިތުހުރި ގޮތަކަށް ބޭނުން ކުރާތީ: ރައީސް ޔާމީން

ad image

ގުޅުންހުރި ލިޔުންތައް

އިދިކޮޅުން މިއަދު މަގުމަތީގައި ތިބީ ގައުމުގެ ހައްގުގައި ކަމަށާއި ދީނުގެ އަސާސްތައް ގެއްލިގެންދާތީ، މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް އޮވެމެ ގާނޫނު ހިތުހުރި ގޮތަކަށް ބޭނުން ކުރަމުންދާތީ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެއެވެ.
ނ މިލަދޫގައި މިރޭ ކުރިއަށްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިއަދު މި އޮތީ ކަނޑުވެސް ވިއްކާލާފައި ކަމަށާއި ކަނޑުގެވެސް ތަންކޮޅެއް ނޫން ކަމަށެވެ.
“ މުޅި ކަނޑު އެއްކޮށް ވިއްކާލައިފި “ ރައީސް ޔާމީން ވިދާޅުވިއެވެ.
އެމްޑީޕީގެ އަސްލު ސޫރަ މިއަދު ރައްޔިތުންނަށް ފެނިއްޖެ ކަމަށާއި ފޯޅަވަހީގެ މައްސަލާގައި ގެއްލެނީ ހަމައެކަނި މަސްވެރިންގެ ހައްގުތަށް އެކަންޏެއް ނޫން ކަމަށެވެ.
“ އެތައް ބައެއްގެ ހައްގު ގެއްލޭ. މިހާރު އެ އުޅެނީ ދެއްކުނު ވާހަކަތަކުން ނިކުމެވޭނެ ގޮތެއް ނެތިގެން “ ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މިއަދު ދުނިޔޭގެ ރައީސް ދުނިޔެ ނުދެކޭވަރުގެ ހާރިޖީ ސިޔާސަތު ގެންގުޅުއްވާ ދުނިޔޭގެ ރައީސް ރާއްޖޭގެ ހާރިޖީ ވަޒީރަކަށް ރާއްޖެ އަށް އެއީއެއް ހޯދާ ނުދެވޭ ކަމަށެވެ.
މިއަދު ދިވެހި ދިދައިގެ އައުދާނަކަން އެބައޮތްތޯ ސުވާކު އުފައްދަން ޖެހޭ ކަމަށާއި އުތުރު ކަރައިގެ ދިދައިގެ ކުރިމަތީގައި ދިވެހި ދިދަ ޖެހެނީ ކުޑަ ކަކޫ ޖަހަން ކަމަށް ރައީސް ޔާމީން ވިދާަލުވިއެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. ދައްކާ ވާހަކަ ވަރައްސަޅި އެކަމަކު ފުރަގަސް ވަރައް ހަޑި ދެފަރާތް ސާފުނުވެ ރައިއްޔަތުންގެ ކުރިމައްޗައް ނުނިކުންނަވާ

  2. ރީނދޫ ފިކުރުގެ ޕަޕެޓުންނަށް އަދިވެސް ހީއެއްނުވޭ ކަހެރުވަކެކޭ ވެސް. ތިމަތިމާމެންގެ އަމިއްލަ ތަރިކަ ގެއްލިގެން ދާއިރުވެސް އެތިބެނީ އަތްތިލަބަޑި ޖަހާލަޖަހާލާ……!!

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ