- Advertisement -ad image

މައްސަލާގައި އިންސާފަށް ވާސިލްވުމަށް ރަޝީދުގެ ޕޯސްޓްމޯޓަމް ހަދާނެ: އެންއައިސީ

ad image

ގުޅުންހުރި ލިޔުންތައް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެފައިވާ އަބްދުالله ރަޝީދުގެ މައްސަލާގައި އިންސާފަށް ވާސިލްވުމަށް މުހިންމު ކަމަކަށް ވާތީ ތަހުގީގުގެ ބޭނުމަށް ކަނޑައެޅިފައިވާ އިޖުރާއަތުގެ ދަށުން ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ގދ.ހޯޑެއްދޫ، ސްވެން، އަބްދުالله ރަޝީދު މިމަހުގެ 25 ވަނަ ދުވަހު ނިޔާވި މައްސަލާގައި ފުލުހުންގެ އެއްވެސް އިހުމާލެއްވޭތޯ ބެލުމަށް އެ ކޮމިޝަނުން އިސްނަގައިގެން ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށެވެ.
އަދި މިމައްސަލަ ތަހުގީގު ކުރަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 76 ވަނަ މާއްދާގެ ށ ގެ 2 ވަނަ ނަމްބަރުގެ ދަށުން ފުލުހުންނާއި އެކީގައި ގުޅިގެން ހިންގާ ތަހުގީގެއްގެ ގޮތުގައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެންއައިސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު ތަހުގީގު ކުރުމުގައި ލީޑިން އިންވެސްޓިގޭޓަރއެއްގެ ދައުރު އަދާކުރާނީ އެ ކޮމިޝަނުން ކަމަށެވެ. އަދި މިތަހުގީގުގައި ދިވެހި ފުލުހުންގެ މައިގަނޑު ދައުރަކީ ކޮމިޝަނުގެ ތަހުގީގަށް އެހީތެރިވުން ކަމަށްވެސް ވަނީ ބުނެފައެވެ.

އަބްދުالله ރަޝީދުގެ މަރާއި ގުޅިގެން އާއިލާއިން ދަނީ ޕޯސްޓްމޯޓަމް ހަދަން ބޭނުން ނުވާކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. ނަމަވެސް އަދިވެސް ރަޝީދުގެ ހަށިގަނޑުވަނީ މޯޗަރީގައި ބާއްވާފައެވެ.
މިމައްސަލައިގާ ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާއިރު މެއަށް ތަދުއަރައިގެން ސިއްހީ މަރުކަޒަށް ގެންގޮސްދޭން ތަކުރާރުކޮށް ރަޝީދު އެދުމުންވެސް ފުލުހުން އެކަމަށް ދެކޮޅު ހެދީކަމަށް އާއިލާއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. ތިމަސްގަނޑު ޢާއިލާއާ ހަވާލު ނުކުވިގެން ތިއުޅުއްވަނީ ކީއްވެ. ތިއީ މައްޔިގެއް ހަސިގަނޑު ތިމްސްގަނޑަށްް އިޙްތިރާމް ކުރައްވާ، ތިއީ އާއިލާގެ މިލްކެއް، ތިއީ މަންމައެއްގެ ދަރިއެއްގެ މްސްގަނޑު،ތި މަސްގަނދުގެ ވެރިން އެތިބީ މަސްގަނޑުބޭނުންވެގެން ނުނިދިފަ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ