- Advertisement -ad image

ދަތުރުފަތުރު ކުރުމުގެ ފަސޭހައަށް ވެލިދޫ ކައިރީގައި އެއަރޕޯޓެއް ތަރައްގީ ކޮށްދޭނަން: ރައީސް ޔާމީން

ad image

ގުޅުންހުރި ލިޔުންތައް

މާފަރު އެއަރޕޯޓް އޮތަސް ވެލިދޫ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ދަތިތަކެއް ހުރިކަމަށް ގަބޫލުކުރެއްވޭ ކަމަށާއި ވެލިދޫ ކައިރީ އެއަރޕޯޓެއް ތަރައްގީކޮށްދިނުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރިޔާސީ ކެންޑިޑޭޓް، އަދި ކުރީގެ ރައީސް، ޔާމީން އަބްދުލްގައްޔޫމް ވައުދުވެވަޑައިގެންފިއެވެ.
އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރޭ ވެލިދޫގައި ”މަވެސް ޕީޕީއެމް“ މިނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަމުން ރައީސް ޔާމީން ވިދާޅުވީ، ރަށްތަކަށް ތަރައްގީ އަންނާނީ އެއަރޕޯޓްތައް ހެދިގެން ކަމަށެވެ.
އެހެންކަމުން މާލޭ ކައިރީގައި ކިތަންމެ ބޮޑު އެއަރޕޯޓެއް އޮތަސް ރާއްޖޭގެ ރަށްތައް ތަރައްގީ ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
“ ވެލިދޫ ކައިރިން ފަޅުރަށެއް ތިބޭފުޅުން ދައްކަވާ، އިރާދަކުރެއްވިއްޔާ އެއަރޕޯޓް ހަދާނީ އަޅުގަނޑުގެ ވެރިކަމެއްގައި “ ރައީސް ޔާމީން ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ވެލުދޫ ކައިރީ ޕިކްނިކްދާނެ ރަށެއް ހަދައިދިނުމަށް ޒުވާނުން ވަނީ އެދިފައި ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި ވެލިދޫ ކައިރީ ޕިކްނިކްދާނެ އެއް ރަށް ވެސް އޮންނާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ