- Advertisement -ad image

ގދ ހޯނޑެއްދޫ ވަލުތެރޭގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ހޯދައިފި

ad image

ގުޅުންހުރި ލިޔުންތައް

ގދ. ހޯނޑެއްދޫ ވަލުތެރޭގައި ވަޅުލާފައިހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފި އެވެ.  

ފުލުހުން ބުނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ސައުތު ޕޮލިސްގެ ފުލުހުން ގުޅިގެން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ގދ. ހޯޑެއްދޫން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފައިވާ ކަމަށެވެ.

ފުލުހުން އެންމެ ފުރަތަމަ ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށްގެންދާ އެ އޮޕަރޭޝަންގެ ތެރެއިން، ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވަނީ ގދ. އަތޮޅުގެ ފަޅުރަށެއްގައި ވަޅުލާފައިހުއްޓައެވެ.

ނަމަވެސް ފަހުން ފުލުހުން ބުނީ އެތަކެތި ވަޅުލާފައި ހުރީ ހޯނޑެއްދޫ ވަލުގައި ކަމަށެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށާއި އަދި މި އޮޕަރޭޝަންގެ ތެރެއިން، ކޯޓު އަމުރުގެ ދަށުން އިތުރު ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުން ކަމަށް ފުލުހުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ