- Advertisement -ad image

އާއިލާގެ ރުހުން ނެތް ހާލަތުގައި ހަށިގަނޑު ފަޅާ ސާމްޕަލް ނެގުމަށް ކޯޓު އަމުރު ހޯދަންޖެހޭނެ: އާޒިމާ

ad image

ގުޅުންހުރި ލިޔުންތައް


މަރުވެފައިވާ މައްޔިތެއްގެ ހަށިގަނޑު ފަޅާ ސާމްޕަލް ނެގުމަށް އާއިލާގެ ހުއްދަ ނެތް ހާލަތުގައި ކޯޓު އަމުރު ހޯދަންޖެހޭނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
އާޒިމާ ޕޯސްޓްމޯޓަމް އާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައި މިވަނީ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ރަޝީދުގެ ހަށިގަނޑު އާއިލާއާ ހަވާލުނުކޮށް، ޕޯސްޓްމޯޓަމް ހަދަން އުޅޭ މައްސަލާގައި އާއިލާ އިން ކަންބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައެވެ. މާލެ ގެނެސް ރަޝީދުގެ ހަށިގަނޑު ބާއްވާފައިވަނީ މޯޗަރީގައެވެ.
އާޒިމާ އޭނާގެ ފޭސްބުކްގައި ލިޔެފައިވާ ގޮތުން ރާއްޖޭގެ ގާނޫނު އަސާސީ ވަރަށް ސާފު ކަމަށާއި ޤާނޫނު އަސާސީގައި އެއްވެސް މީހަކު ހިފާ ހައްޔަރުކޮށް 24 ގަޑިއިރަށްވުރެ ގިނައިރު ހިފެހެއްޓޭނީ ފަނޑިޔާރެއްގެ ކުރިމައަށްޗަށް އެމީހަކު ހާޒިރުކުރުމަށްފަހު އެކަމަށް ކޯޓު އަމުރު ހޯދައިގެންކަމަށެވެ. މިމާއްދާއިން މަރުވެފައި އޮތް މީހެއް އިސްތިސްނާ ނުކުރާކަމަށާއި އެއީ ޕޯސްޓްމޯޓަމް ހެދުމާއި ބެހޭ ގާނޫނެއް ނެތީމަ ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.

“ޖިނާއީ އިޖުރާތުގެ ގާނޫނަށް ބަލާނަމަ އެއްވެސް މީހެއްގެ ހަށިގަނޑުން ސާމްޕަލް ނެގޭނީ އެމީހެއްގެ ހުއްދަ ލިބިގެއްނެވެ. މި ހުކުމް މަރުވެފައި އޮންނަ މައްޔިތާއަށް ހިނގާނެ އެވެ. އެއީ ޕޯސްޓްމޯޓަމް ހެދުމާ ބެހޭ ގާނޫނެއް ނެތީމަ އެވެ،” އާޒިމާ ވިދާޅުވި އެވެ.
އެހެންކަމުން އެ ހުކުމަށް ބަލާއިރު މައްޔިތާގެ ހަށިގަނޑު ފަޅައި ސާމްޕަލް ނެގޭނީ އޭނާގެ ޝަރުއީ ބަލަދުވެރިޔާ ނުވަތަ ވާރިސުން ހުއްދަ ދީގެން ކަމަށް އާޒިމާ ވިދާޅުވި އެވެ. އެނޫން ގޮތަކަށް ފުލުހުންގެ ތަހުގީގަކަށް ޕޯސްޓްމޯޓަމް ހަދަން ބޭނުންނަމަ ކޯޓުގެ އަމުރެއް ހޯދަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
އަދި މިހާރު އާއިލާ ނުވަތަ ވާރިސުން ހަށިގަނޑު ހޯދަން ބޭނުން ނަމަ އާއިލާއާ ހަށިގަނޑު ހަވާލު ނުކޮށް ބޭއްވޭނީ ވެސް އާޒިމާ ވިދާޅުވި ގޮތުގައި ހަމައެކަނި ކޯޓު އަމުރެއްގެ ދަށުންނެވެ.
“މައްޔިތާގެ ހަށިގަނޑަކީ ވާރިސުންގެ ހައްގެކެވެ. އާއިލާގެ ނުރުހުމުގައި ހަށިގަނޑު ހިފެހެއްޓުމުގެ ބާރެއް، ރާއްޖެއިން ފުރުވާލުމުގެ ބާރެއް، އަދި ޕޯސްޓްމޯޓަމް ހެދުމުގެ ބާރެއް އެއްވެސް ގާނޫނަކުން ދައުލަތަކަށް ލިބިއެއް ނުދެ އެވެ. އެހެންކަމުން އާއިލާގެ ނުުރުހުމުގައި އެކަން ކުރެވޭނީ ހަމައެކަނި ކޯޓު އަމުރެއްގެ ދަށުންނެވެ،” އާޒިމާ ވިދާޅުވި އެވެ.

އަދި ދައުލަތުގެ ހަވާލުވެ ހުރި މީހާގެ ނުވަތަ މުއައްސަސާއެއްގެ އިހުމާލުއޮތް ކަމަށް ކޯޓަށް އެކަށީގެންވާ ޝައްކު އޮތް ހާލަތުގައި އާއިލާއިން ނުވަތަ ކޯޓުން ގަބޫލުކުރާ ތަނަކުންނޫނީ ޕޯސްޓްމޯޓަމް ނުހެދޭނެ ކަމަށްވެސް އަމުރު ކުރެވިދާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ