2023 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ 41.5 ބިލިއަން ރުފިޔާގެ ބަޖެޓު މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
މި ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާ ދެއްވާނީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރުއެވެ.
އެގޮތުން ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އާއި، ހަރަދު ވާނެ ގޮތާއި، މަޝްރޫއުތަކަށް ކުރާ ހަރަދުތަކުގެ ތަފްސީލު، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދެއްވާނެއެވެ.
މަޖިލީހުގެ ޖަލްސާގައި ބަޖެޓް ހުށަހަޅާ ނިމުމުން ބަޖެޓަށް މެންބަރުން ބަހުސްކޮށް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުމާއެކު ބަޖެޓް ފާސްކުރާނެ ތާރީހެއް ނިންމާނެއެވެ.



