- Advertisement -ad image

ކަރެކްޝަންސްގެ އޮފިސަރު ނިޔާވީ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް: ފުލުހުން

ad image

ގުޅުންހުރި ލިޔުންތައް

މާފުށީގައި ޓްރެއިނިން ހަދަމުންދިޔަ ކަރެކްޝަންސްގެ އޮފިސަރު ނިޔާވީ އިތުރު ފަރުވާ އަށް މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮޝަލް ވިދާޅުވީ، މާފުށީގައި ޓްރެއިނިން ހަދަމުންދިޔަ މޯލްޑިވްސް ކަރެކްޝަނަލް ސާރިވިސްގެ މުވައްޒަފަކު ގެނބިގެން މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު 11:15 އެހާކަންހާއިރު ކަމަށެވެ.

އަދި އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އޭނާ ނިޔާވެފައިވާ ކަމަށް އައިޖީއެމްއެޗުން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.
ނިޔާވެފައިވަނީ ދިވެހި އަންހެނެއް ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
މިހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ކަރެކްޝަންސް އިން ބުނީ ނިޔާވެފައިވަނީ، އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒްގެ ބޭސިކް ޓްރޭނިންގ ކޯސް މާފުށި ޖަލުގައި ހަދަމުންދިޔަ ޓްރޭނީ އާމިނަތު ނަޝްވާ ނަސީމް ކަމަށެވެ.
ނަޝްވާ ނަސީމް އަކީ އުމުރުން 18 އަހަރުގެ ކުއްޖެކެވެ.
ކަރެކްޝަންސް އިން ބުނެފައި ވަނީ ނަޝްވާ ނިޔާވީ މިއަދު ކުއްލިގޮތެއްގައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ