- Advertisement -ad image

ނިޔާވީ ކުއްލިގޮތަކަށް، އުމުރުން އެންމެ 18 އަހަރު: ކަރެކްޝަންސް

ad image

ގުޅުންހުރި ލިޔުންތައް

ތަމުރީނު ހަދަމުންދިޔަ އޮފިސަރު ނިޔާވީ ކުއްލިގޮތަކަށް ކަމަށް ކަރެކްޝަންސް އިން ބުނެފިއެވެ.
އެގޮތުން ކަރެކްޝަންސް އިން ބުނީ ނިޔާވެފައިވަނީ، އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒްގެ ބޭސިކް ޓްރޭނިންގ ކޯސް މާފުށި ޖަލުގައި ހަދަމުންދިޔަ ޓްރޭނީ އާމިނަތު ނަޝްވާ ނަސީމް ކަމަށެވެ.
ނަޝްވާ ނަސީމް އަކީ އުމުރުން 18 އަހަރުގެ ކުއްޖެކެވެ.
ކަރެކްޝަންސް އިން ބުނެފައި ވަނީ ނަޝްވާ ނިޔާވީ މިއަދު ކުއްލިގޮތެއްގައި ކަމަށެވެ.

ކަރެކްޝަންސް އިން ބުނީ އަސުރުމާގެ، ސ. ހިތަދޫ މަރްހޫމާ އާމިނަތު ނަޝްވާ ނަސީމް (18 އަހަރު)، ޓްރޭނިންގ ގެ ފެތުމާ ބެހޭ ބައިގައި މިއަދު ހެނދުނު 11:30 ހާ އިރު ފަތަން އުޅުމުގެ ތެރޭގައި އާދަޔާ ޚިލާފު ގޮތްތަކެއް ވާކަން ފާހަގަކުރެވިގެން ވަގުތުން މޫދުން ނެގި ކަމަށެވެ.
އަދި ޕަލްސް ނެތްކަން ފާހަގަކުރެވިގެން ވަގުތުން އަވަސް ފަރުވާ ދެމުން މާފުށީ ހެލްތް ސެންޓަރަށް ގެންދިޔުމުން އެ ސެންޓަރުގެ ޑޮކްޓަރުގެ ލަފާގެ މަތިން އެމަޖެންސީކޮށް ވާނީ މާލެ ގެނެސް، އައިޖީއެމްއެޗް ގައި އަވަސް ފަރުވާ ދީފައިވާ ކަމަށްވެސް ބުނެއެވެ. ނަޝްވާ ނިޔާވިކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން ކަނޑައަޅާފައިވަނީ 14:02 ހާ އިރު ކަމަށް ކަރެކްޝަނުން ހާމަކުރެއެވެ.

މިހާދިސާ އާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮޝަލް ވިދާޅުވީ، މާފުށީގައި ޓްރެއިނިން ހަދަމުންދިޔަ މޯލްޑިވްސް ކަރެކްޝަނަލް ސާރިވިސްގެ މުވައްޒަފަކު ގެނބިގެން މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު 11:15 އެހާކަންހާއިރު ކަމަށެވެ.

އަދި އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އޭނާ ނިޔާވެފައިވާ ކަމަށް އައިޖީއެމްއެޗުން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.
ނިޔާވެފައިވަނީ ދިވެހި އަންހެނެއް ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
މިހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ