- Advertisement -ad image

2023 ވަނަ އަހަރު ރާއްޖޭގެ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިވެސް ކުރިއަރާނެ: އަމީރު

ad image

ގުޅުންހުރި ލިޔުންތައް


ކުރިއަށް އޮތް 2023 ވަނަ އަހަރު ރާއްޖޭގެ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިވެސް ކުރިއަރާނެ ކަމަށާއި ދައުލަތުގެ ބަޖެޓުން ހިންގާ މަޝްރޫޢުތަކާއި ޕްރައިވެޓް ސެކްޓަރގެ މަޝްރޫޢުތަކުގެ އެހީގައި އިމާރާތްކުރުމުގެ ދާއިރާވެސް އަންނަ އަހަރު ކުރިއަރާނެ ކަމަށް ލަފާކޮށްފިއެވެ.
އަންނަ އަހަރަށް ލަފާ ކުރާ 42.6 ބިލިއަން ރުފިޔާގެ ބަޖެޓް ވަނީ މިއަދު މަޖިލީހަށް ހުށަހަޅާފައެވެ.

ބަޖެޓްގައިވާ ގޮތުން ސިނާއީ އަދި އިޤްތިސާދީ ކުރިއެރުމާއެކު ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އުފެދޭ ވަޒީފާގެ އަދަދު ދަނީ ގިނަވަމުންނެވެ. މި އަހަރުގެ ސެޕްޓެންބަރުގެ ނިޔަލަށް ރާއްޖޭގެ ޕެންޝަން އޮފީހުގައި ރަޖިސްޓަރކޮށްފައިވާ މުވައްޒަފުންގެ އަދަދު 2021 ވަނަ އަހަރުގެ މި މުއްދަތާއި އަޅައިބަލާއިރު ވަނީ 10 އިންސައްތަ އިތުރުވެފައިވާއިރު އަދި 2023 ވަނަ އަހަރުވެސް ރާއްޖޭގެ އިޤްތިސާދީ ކުރިއެރުމާއެކު ވަޒީފާތައް އިތުރުވާނެކަމަށް ބެލެވޭ ކަމަށް ބަޖެޓްގައި ބުނެފައިވެއެވެ.

ރާއްޖޭގެ އިޤްތިސާދާއި ސިނާއަތްތަކުގެ ކުރިއެރުން ފަހިކޮށް ހުރިކަމުގައި ވީނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގުތައް ހުރީ އުފުލިފަ ކަމަށާއި ސަބްސިޑީ އާއި ސަރުކާރުގެ އެކި ސިޔާސަތުތަކުގެ ސަބަބުން ދުނިޔޭގެ އެހެން ޤައުމުތަކާ އަޅައިބަލާއިރު ރާއްޖޭގައި އިންފްލޭޝަންގެ އިޙްސާސް ވަނީ ކުޑަކުރެވިފަ ނަމަވެސް، މި ފަދަ ސިޔާސަތުތަކަކީ މިގޮތަށް ދާއިމީގޮތެއްގައި ކުރިއަށްގެންދެވޭނެ، ދެމެހެއްޓެނިވި ސިޔާސަތުތަކެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.
އަދި އެއީ އިޤްތިސާދީ އަދި ފިސްކަލް ހިރާސްތައް ބޮޑު ސިޔާސަތުތަކެއް ކަމުން، މުސްތަގުބަލުގައި މި ސިޔާސަތުތަކަށް އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށާއި 2023 ވަނަ އަހަރު އިންފްލޭޝަން ރޭޓް ހުންނާނެކަމަށް ބެލެވެނީ 5.4 އިންސައްތައިގައި ނަމަވެސް މެދުރާސްތާގައި އިންފްލޭޝަންގެ އަސަރު ކުޑަކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ މާލީ އަދި އިޤްތިސާދީ ސިޔާސަތުތައް ބެލެހެއްޓުމުގެ އެންމެ މުހިއްމު އެއް ބަހާއަކީ ރާއްޖޭގެ ރަސްމީ ރިޒާވް ކަމަށާއި އިޤްތިސާދީ ހަރަކާތްތައް ހަލުވިވެ، އިމްޕޯޓް އިތުރުވެއްޖެ ކަމަށެވެ.
2022 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގެ ރަސްމީ ރިޒާވް ހުންނާނެކަމަށް ބެލެވެނީ 638 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށާއި އަދި 2023 ވަނަ އަހަރު ރަސްމީ ރިޒާވް ހުންނާނެކަމަށް ބެލެވެނީ 606 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ