- Advertisement -ad image

ބަޖެޓް 2023ގެ އަމާޒު ހުރީ ވޯޓަށް ނުފޫޒު ފޯރުވުން: އާދަމް ޝަރީފް

ad image

ގުޅުންހުރި ލިޔުންތައް

2023 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން މިއަދު މަޖިލީހަށް ހުށަހެޅި ބަޖެޓްގެ އަމާޒު ހުރީ، އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓަށް ނުފޫޒު ފޯރުވުމަށް ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ވަނީ މިއަދު މަޖިލީހަށް އަންނަ އަހަރަށް ލަފާކުރާ 42.6 ބިލިއަންރުފިޔާގެ ބަޖެޓް ހުށަހަޅާފައެވެ.
އާދަމް ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުން ހުށަހަޅާފައިވަނީ ‘ އަން ރިއަލިސްޓިކް ‘ ހާސިލް ނުކުރެވޭނެ ކަންތައްތަކެއް ހިމަނާފައިވާ ބަޖެޓެއް ކަމަށެވެ.
ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާަޅުވީ، ރިޔާސީ ދައުރުގެ ފަހު އަހަރުގެ ބަޖެޓްގެ އަމާޒަކީ ރައީސް ސާލިހު ރައްޔިތުންނަށްވެފައިވާ ވައުދުތައް ފުއްދުން ކަމަށެވެ.
ސަރުކާރުން 2023 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވީ ޒަމާނުއްސުރެ ރާއްޖޭގައި ހައްލު ނުވެ ހުރި އެތައް ކަމެއް ހައްލު ކުރުމަށް ވައުދުވެގެން ކަމަށާއި އަސާސީ އަދި އުމްރާނީ ވަސީލަތްތައް ގާއިމްކޮށް އިގްތިސާދަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ ވިސްނުންތަކާ އެކު ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ