- Advertisement -ad image

ރައްޔިތުންގެ އަތުން ބޮޑު ޓެކްސް ނަގަން މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ސަރުކާރު ހިންގަން ފައިސާ ހޯދުމަށް ކަމަށް ބުނެ ޓެކްސް ބޮޑުކުރަން ހުށަހަޅާފައިވާ އިސްލާހު މަޖިލީހުގެ ކޮމިޓީން ފާސްކޮަށްފިއެވެ.
އެގޮތުން އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޤާނޫނަށް ހުށަހެޅި އިސްލާހު މުޅި މަޖިލިސް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.
ޓެކްސް ބޮޑުކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 50 މެމްބަރުންނެވެ. ޓެކްސް ބޮޑުކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 19 މެމްބަރުންނެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. ބިލުގެ ކޮމެޓީ މަރުހަލާގައި ގިނަ އިސްލާހުތަކެއް ވަނީ ހުށަހެޅި ވޯޓަށް އެހިފައެވެ. ނަމަވެސް އެއްވެސް އިސްލާހެއް ކޮމެޓީން ފާސްވެފައި ނުވެއެވެ.
ޓެކްސް ބޮޑުކުރަން ފާސްކުރީ ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށެވެ. ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށްއޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެކަމަށެވެ. އެހެންކަމުން ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ