- Advertisement -ad image

އެމް.އެން.ޔޫ އިން ފާޅުގައި ކްރިސްމަސް ޕްރޮމޯޓް ކުރާ ކަމުގެ ޕޯސްޓަރުތަކެއް!

ad image

ގުޅުންހުރި ލިޔުންތައް

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ(އެމްއެންޔޫ) އިން ނަސާރާދީނުގެ އަހުލުވެރިން ފާހަގަކުރަމުން އަންނަ ކްރިސްމަސް ފާޅުގައި ޕްރޮމޯޓް ކުރަމުން އަންނަ ކަމަށް ޝެއިހް އާދަމް ނިޝާން ވިދާަޅުވެއްޖެއެވެ.
ޝެއިހު ނިޝާން ވަނީ އެމް.އެން.ޔޫގެ ބޭރުގައި ހަރުކޮށްފައިވާ އިޝްތިހާރު ބޯޑުގެ ފޮޓޯއާއެކު ކަންބޮޑުވުން ފާޅުކުރައްވާ ޓުވީޓެއްކޮަށްފައެވެ.
އެގޮތުން ޝެއިހު ނިޝާން ވިދާަޅުވީ، ކުރިމަތީގައި ނަޞާރާއިން ފާހަގަކުރާ އެމީހުންގެ އެންމެ ބޮޑު ދީނީއީދު ކަމުގައިވާ ކްރިސްމަސް އޮތް އިރު، މިއިޝްތިހާރު ބޯޑުގައި ހުރި ހުރިހާ ކުރެހުމަކީ ކްރިސްމަސް ފާހަގަކުރުމަށް ކުރާ ކުރެހުންތަކަށް ވުމަކީ އިއްތިފާގެއް ނޫން ކަމަށެވެ.


އަދި މިއީ މިދީބުގައި އެހެން ދީންތައް ފެތުރުމަށް، ކޯއެގްޒިސްޓެންސްއާއި ޓޮލަރެންސްގެ ނަމުގައި މިސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވަރަށް ބޮޑަށް ރޭވިގެން ހިންގަމުންދާ ކަންކަން ކަމަށް ޝެއިހު ނިޝާން ތުހުމަތު ކުރެއްވިއެވެ.
މި ޓުވީޓެއް ކަންބޮޑުވުން ފާޅުކޮށް ބައެއް މީހުން ވަނީ ކޮމެންޓްވެސް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ