- Advertisement -ad image

ހަގީގަތް ރައްޔިތުންނަށް ވަރަށް ސާފު، ވޯޓުދޭނީ ޓެކްސް ބޮޑު ކުރުމާ ދެކޮޅަށް: އުޝާމް

ad image

ގުޅުންހުރި ލިޔުންތައް


ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް ހަޖަމްނުވެގެން އޮޅުވާލުމަށް ޕޯސްޓްތައް ކުރިއަސް ރައްޔިތުންނަށް ހަގީގަތް ވަރަށް ސާފު ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާަޅުވެއްޖެއެވެ.
ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން ހޯމަ ދުވަހު މަޖިލީޖުގައި ޓެކްސް ބޮޑު ކުރަން ނެގި ވޯޓުގައި ނުފެންނަ ކަމަށް ވޯޓުދެއްވި 19 މެންބަރުންގެ ފޮޓޯއާއެކު ގެންދަނީ ތަފާތު ވާހަކަތައް ފަތުރަމުންނެވެ.


މިކަމަށް ރައްދު ދެއްވާ ކުރެއްވި ޓުވީޓެއްގައި އުޝާމް ވިދާޅުވީ،
ސިޔާސީ މަގާމްތައް އިތުރުކޮށް، ސިޔާސީ ކަންކަން ކުރުމަށް ނިކަމެތި ރައްޔިތުންގެ އަތުން އިތުރަށް ޓެކްސްނެގުމާ ދެކޮޅު ކަމަށެވެ. އަދި ދެންވެސް ވޯޓްދޭނީ GST އިތުރުކުރުމާ ދެކޮޅަށް ކަމަށް އުޝާމު ވިދާޅުވެފައިވެއެވެ.
މަޖިލީހުގައި ޓެކްސް ބޮޑު ކުރުމަށް ފެންނަ ކަމަށް ވޯޓުދީފައިވަނީ 50 މެންބަރުންނެވެ. އަދި ޓެކްސް ބޮޑުކުރަން ނުފެންނަ ކަމަށް 19 މެންބަރުން ވޯޓު ދިންއިރު މީގެ ތެރޭގައި އެމްޑީޕީ، ޕީޕީއެމް، ޖޭޕީ އަށް ނިސްބަތްވާ މެންބަރުންވެސް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ