- Advertisement -ad image

އާދިއްތަ ދުވަހު ރައީސް ޔާމީން އައްޑޫއަށް ވަޑައިގަންނަވަނީ!

ad image

ގުޅުންހުރި ލިޔުންތައް

ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން މިމަހުގެ 6 ވާ އާދިއްތަ ދުވަހު އައްޑޫސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް ޔާމީންގެ މިދަތުރުފުޅާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އަންނަ އާދިއްތަ ދުވަހުން ފެށިގެން ބުދަ ދުވަހަށް ރައީސް ވަޑައިގަންނަވާނީ ފޭދޫ, މަރަދޫ, މަރަދޫފޭދޫ, ހިތަދޫ, އަދި ހުޅުދޫމީދޫ އަަށް ކަމަށެވެ.

ހީނާ ވިދާޅުވީ، ރައީސް ޔާމީންގެ މިދަތުރުފުޅުގައި ވަކި ކުލައަކަށް ބެލުމެއްނެތި ރައްޔިތުންނާ ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި ރަށްތަކުގައި ތިބި ޕީޕީއެމްގެ ސްޓިއަރިން ކޮމިޓީގެ މެންބަރުންނާ ބައްދަލު ކުރައްވާ ވަރަށް ގިނަ ކަންކަން އޮޅުންފިލުވާނެ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
ރައީސްގެ މިދަތުރުފުޅުގެ އެންމެ ބޮޑު އަމާޒަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެކުލަވާލާ މެނިފެސްޓޯއަށް މައުލޫމާތު އެއްކުރުން ކަމަށް ޕީޕީއެމުން ހާމަކުރެއެވެ.

އައްޑޫ ސިޓީ އަކީ ރައީސް ޔާމީންގެ ވެރިކަމުގެ ގިނަ މަޝްރޫއުތަކެއް ހިންގި ސިޓީއެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ