- Advertisement -ad image

ބަޖެޓްގައި އަރަބިއްޔާ ސްކޫލްގެ މަސައްކަތް ނެތީވެސް އިދާރީ އޮޅުމަކުންނޯ!

ad image

ގުޅުންހުރި ލިޔުންތައް

2023 ވަނަ އަހަރަށް ސަރުކާރުން މަޖިލީހަށް ފޮނުވި ބަޖެޓްގައި އަރަބިއްޔާ ސްކޫލްގެ މަސައްކަތް ނެތީ ވެސް އޮޅުމަކުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ބަޖެޓްގައި ހަމައެކަނި ހިމަނާފައިވަނީ ދަރުމަވަންތަ ސްކޫލް އިމާރާތާއި ސީއެޗްއެސްސީ 8 ބުރީގެ ކްލާސްރޫމް އިމާރާތުގެ މަސައްކަތް ކުރުމުގެ ފައިސާއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބަޖެޓްގައި އަރަބިއްޔާ ސްކޫލްގެ މަސައްކަތް ނެތީ އޮޅުމަކުން ކަމަށް ބުނިއިރު މިވާހަކަ މިނިސްޓްރީން ދައްކާފައިވެސް މިވަނީ މަހިބަދޫ ދާއިރާގެ މެންބަރު މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމުންނެވެ.

މިނިސްޓްރީން ބުނީ އަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތުގެ ފައިސާ ބަޖެޓުގައި ނެތީ އިދާރީ އޮޅުމަކުން ކަމަށެވެ. އަދި އެކަން ވީ ގޮތް ފިނޭންސް މިނިސްޓްރީން ވެސް ބަލަމުން އަންނަކަމަށެވެ.

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަރަބިއްޔާ ސްކޫލްގެނަމުގައި އިމާރާތެއް އެޅުމަށް 2023 ވަނަ އަހަރުގެ ބަޖެޓްގައި އެއްވެސް ފައިސާއެއް ނެތް ކަމަށެވެ. އަދި އަރަބިއްޔާ ސްކޫލް މިވަނީ ވުޖޫދުން ގެއްލިފައި ކަމަށާއި މިއީ ހިތާމަހުރި ކަމެއް ކަމަަަށް ތާރިގު ވިދާޅުވިއެވެ.

އަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނާއެވެ.

އެ މަޝްރޫއު 420 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭއިރު 168 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަަށް ބުނެފައިވެއެވެ.
މިއަހަރު ހުށަހަޅާފައިވަނީ 47.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ