- Advertisement -ad image

ނަސްރުގެ ދުވަހާ ގުޅިގެން އެމްއެންޑީއެފްގެ ‘ވިކްޓްރީ ލެޕް’ މާދަމާ ހަވީރު

ad image

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މިގޮތުން ނަޞްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލޭގައި އެމްއެންޑީއެފުން ބާއްވާ ޚާއްޞަ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައި ވަނީ ނޮވެންބަރު 3 ވަނަ ދުވަހުގެ ފަތިހު، އިސްލާމީ މަރުކަޒުގައި ޖަމާޢަތުގައި ކުރާ ފަތިސް ނަމާދަށް ފަހުގައެވެ. މީގެ އިތުރުން އެ ދުވަހުގެ ހެނދުނު 06:00 ގައި ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދައާއި ގާޑް މައުންޓްކުރުމަށް ހަމަޖެހިފައިވާއިރު، ދުވަހުގެ މުނާސަބަތުގައި ބާއްވާ “ވިކްޓްރީ ލެޕް” ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 3 ވަނަ ދުވަހުގެ ހަވީރު 15:50 ގައެވެ.

ނަޞްރުގެ ދުވަހާ ގުޅިގެން ބާއްވާ އަސްކަރީ ޕެރޭޑް މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ބަޠަލު ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ އުފަން ރަށް ކަމުގައިވާ ހދ. ކުޅުދުއްފުށީގައި ނޮވެންބަރު 4 ވަނަ ދުވަހުގެ ހަވީރެވެ. މީގެ އިތުރުން އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގައި ވެސް ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، އެ ކޮމާންޑްތަކަށް ނިސްބަތްވާ ސިފައިންގެ މަރުކަޒުތަކުގައި ޖަމާޢަތުގައި ފަތިސް ނަމާދު ކުރުމާއި، ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވުމުގެ އިތުރުން އެދުވަހުގެ ހަވީރު “ވިކްޓްރީ ލެޕް” ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ނަޞްރުގެ ދުވަހަކީ 1988 ނޮވެންބަރު 3 ވަނަ ދުވަހު ސްރީލަންކާގެ ތަމަޅަ ޓެރަރިސްޓް ޖަމާޢަތެއްގެ ބަޔަކު ރާއްޖެ އައިސް ދިން ޢުދުވާނީ ހަމަލާ ނާކާމިޔާބުކޮށްލައި، ދިވެހިންނަށް ލިބުނު ނަޞްރު ފާހަގަކުރާ ދުވަހެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ