- Advertisement -ad image

އަޅުކަމަށްވުރެ އާދަކާދަތަކަށް ވަގުތު ހޭދަކުރާ މީހުން އަދިވެސް ވަރަށް ގިނަ: ޑރ ޒަކަރިއްޔާ

ad image

ގުޅުންހުރި ލިޔުންތައް

އިންސާނުންގެ ތެރޭގައި އަދިވެސް ގިނައީ އަޅުކަމުގައި ހޭދަކުރާ ވަރަށްވުރެ އާދަކާދަތަކަށް ވަގުތު ހޭދަކުރާ މީހުންކަމަށް ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވެއްޖެއެވެ.

”ހަށިގަނޑާއި ފުރާނައަކީ އަމިއްލަ މިލްކެއް ނޫން” މި މައުޟޫއުއަށް ވާހަކަފުޅުދައްކަވަމުން ޑރ. ޒަކަރިއްޔާ ވިދާޅުވީ މާތްﷲ އިންސާނާ ދުނިޔެއަށް ފޮނުއްވާފައިވަނީ ހަވާލުކުރެވިފައިވާ ގިނަކަންތައްތަކަކާއެކުގައިކަމަށެވެ. އެގޮތުން ސޫރަތުލް އަސްރުއަށް ބައްލަވާލައްވަމުން ވިދާޅުވީ ޒަމާނަކީ އަޅުގަނޑުމެންގެ އުމުރުކަމަށެވެ.

އިންސާނުން ކުރާ ދެ ވައްތަރެއްގެ ކަންކަން ވާކަމަށާއި އެއީ އަޅުކަމާއި އާދަކާދަކަން ފާހަގަކުރައްވާ،  އެތަނުން ގިނައީ އަޅުކަމުގައި ހޭދަކުރާ ވަރަށްވުރެ އާދަކާދަތަކަށް ވަގުތު ހޭދަކުރާ މީހުންކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ކޮންމެ ކަމެއްވެސް ހެޔޮ ނިޔަތަކާއިއެކު އަޅުކަމަކަށްވާފަދައިން އެކަމެއް ކޮށްފިނަމަ އެއީ އަޅުކަމެއްކަމުގައި ހިމެނިދާނެކަމަށް ވިދާޅުވިއެވެ.

އުފާވެރި ހަޔާތެއް ހޭދަކުރެވޭނީ ހަޔާތުގެ މަދު މިންވަރާމެދުވެސް ފުދުންތެރިވެ ޝުކުރުވެރިވާނަމަކަމަށްވެސް މި ފޯރަމްގައި

ޑރ. ޒަކަރިއްޔާ ވަނީ ވިދާޅުވެފައެވެ.

އިންސާނާގެ ނަފްސާއި ރޫޙަކީ ކޮބައިކަމާއި ޖިސްމާއި ފުރާނަ ހިމާޔާތްކުރުން ވާޖިބްވެގެންވާކަން ބަޔާންކޮށް ޖިސްމާއި ނަފްސަކީ އަމާނާތެއްކަމަށާއި ޖިސްމަށް އަނިޔާ ދެނީ ކީއްވެކަމާމެދުގައިވެސް ވަނީ ރޭގެ ފޯރަމްގައި ވާހަކަފުޅު ދައްކަވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ