- Advertisement -ad image

ވަޅުލާފައިހުރި 82 ކިލޯގެ މަސްތުވާތަކެތި ފުލުހުން ހޯދައިފި

ad image

ގުޅުންހުރި ލިޔުންތައް

ގދ ހޯޑެއްދޫ އަދި ކައިރި ފަޅުރަށެއްގައި ވަޅުލާފައިހުރި 82 ކިލޯގެ މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޮކްޓޫބަރު މަހުގެ 27ގައި ގދ ހޯނޑެއްދޫގައި ވަޅުލާފައިހުރި 13 ކިލޯގެ ހިރޮއިން ފުލުހުން ހޯދާފައިވާ ކަމަށެވެ.
އަދި މިއަދު ފުލުހުންގެ ޓީމު ކުރި މަސައްކަތުން އިތުރު 69 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވަނީ ހޯނޑެއްދޫގެ އިތުރުން ކައިރި ފަޅުރަަށެއްގައި ވަޅުލާފައި ހުއްޓާ ކަމަށް ސީޕީ ވިދާޅުވިއެވެ.


މީގެ ތެރޭގައި ހިމެނެނީ މެތް އާއި ހިރޮއިން ކަމަށް ސީޮީ ވިދާޅުވިއެވެ.
އެހެންކަމުން މި އޮޕަރޭޝަނުގައި މިހާތަނަށް ފުލުހުން ވަނީ 82 ކިލޯގެ މަސްތުވާތަކެތި އަތުލައިގަންފާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ