- Advertisement -ad image

ނޮވެމްބަރު 3: މިއަދަކީ ބިރުވެރި ސިއްކަ ދުވަސް: ރައީސް ޔާމީން

ad image

ގުޅުންހުރި ލިޔުންތައް


މިއަދަކީ ނަސްރުގެ ދުވަސް ކަމަށް ވާއިރު ކުރީގެ ރައީސް ޔާމީން މިއަދު ބިރުވެރި ސިއްކަ ދުވަހުގެ ގޮތުގައި ސިފަކުރައްވައިފިއެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން ނަސްރުގެ ދުވހާއި ގުޅިގެން ޝުއޫރު ފާޅުކުރެއްވީ އިނގިރޭސި ބަހުން ލިޔުއްވާފައިވާ ޅެމަކުންނެވެ.
އެ ޅެމުގައި ސިފަކުރައްވާފައިވާ ގޮތުން، މިއަދަކީ، މީގެ 34 އަހަރު ކުރިން ދިވެހި ޚާއިނުންގެ ބަޔަކު އަޑީގައި ތިބެ ތަމަޅަ ޓައިގަރުން ރާއްޖެ ގެނެސް 19 ދިވެހިންގެ ލެއިން މި ބިން ފޯކޮށްލި ދުވަހެވެ.

ރައީސް ޔާމީނުގެ ޓުވީޓުގައި އިތުރަށް ވަނީ ތަމަޅައިން ރާއްޖެއަށް ހަމަލާދިން ގޮތް ސިފަކޮށް ސިފައިންގެ ތެރެއަށް ގްރެނޭޑު އުކި ވާހަކަވެސް ގެންނަވާފައެވެ. އަދި ޤައުމުގެ ދިފާއުގައި ލަޝްކަރެއް ނިކުމެ ހަނގުރާމަ ކުރިކަން ފާހަގަކުރެއްވިއިރު އޭގެ ތެރެއިން 19 ދިވެހިން ޝަހީދުވެ ދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަޞްރުގެ ދުވަހަކީ 1988 ނޮވެންބަރު 3 ވަނަ ދުވަހު ދިވެހިންގެ ބަޔަކާ ސްރީލަންކާގެ ތަމަޅަ ޓެރަރިސްޓް ޖަމާޢަތަކާ ގުޅިގެން ރާއްޖެ އައިސް ދިން ޢުދުވާނީ ހަމަލާ ނާކާމިޔާބުކޮށްލައި، ދިވެހިންނަށް ލިބުނު ނަޞްރު ފާހަގަކުރާ ދުވަހެވެ.
މި ހާދިސާގައި 19 ދިވެހިން ޝަހީދުކޮށްލާފައިވެއެވެ.

މީގެ ތެރޭގައި ހިމެނެނީ ގައުމުގެ ދިފާއުގައި ހަނގުރާމަ ކުރަމުން ދިޔަ ހިތްވަރުގަދަ ދިވެހި ސިފައިންގެ 8 ބޭކަލުންނާއި، އާންމުގެ 11 މީހުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ