- Advertisement -ad image

ސިއްކަ އަހުމަދުގެ އަބުރަަށް އަރައިގަތުން ބަލައެއް ނުގަނެވޭނެ: ނަޝީދު

ad image

ގުޅުންހުރި ލިޔުންތައް


މީގެ 34 އަހަރު ކުރިން 1988 ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާ އާއި ސިއްކަ އަހުމަދު އިސްމާއިލް މަނިކާއި ގުޅުވައި ވާހަކަ ދެއްކުމަކީ ސިއްކަގެ އަބުރަށް އަރަގަތުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނޮވެމްބަރު ތިނެއް ހަމަލާގައި ސިއްކަ އަހުމަދު އިސްމާއިލް މަނިކުގެ އަބުރަށް އަރައިގަތުން އެއްގޮތަކަށްވެސް ބަލައެއް ނުގަނެވޭނެ ކަމަށެވެ.
“ އޭނާއަށް އިންތިހާއަށް އަނިޔާކޮށް މަރުގެ ތުންފަތް މައްޗަށް ގެނެސް އޭނާ އަތުން ނެގި އިއުތިރާފު ބަޔާނަކީ ބޮޑު އޮޅުވާލުމެއް “ ނަޝީދު ވިދާޅުވިއެވެ.
ނޮވެމްބަރު 3 ގެ ހަމަލާ އާއި ގުޅިގެން ސިއްކަގެ މައްޗަށް ކޮށްފައިވަނީ ހަމަލާއާއި ގުޅޭ މައުލޫމާތު އެނގިހުރެ އެކަން ސިއްރު ކުރުމުގެ ދައުވާއެވެ. އެދުވަހުގެ ހަމަލާ އާއި ގުޅިގެން އޭނާ ތަހްގީގަށް ދިން ބަޔާނުގައި އެހަމަލާ ދޭން އުޅޭކަން އޭނާ އަށް މާކުރިން އެނގޭ ކަމަށް އިއުތިރާފުވެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ