- Advertisement -ad image

ދިވެއްސަކު އެހެން ގައުމެއް ތަމުސީލު ކުރަން ދިއުމަކީ ލަދުވެތިކަމެއް!

ad image

ގުޅުންހުރި ލިޔުންތައް

ދިވެއްސަކު، ދިވެހިންގެ ފަރާތުން މަންދޫބަކު ދިވެހިން ތަމްސީލުކޮށްކޮށް އޮއްވާ އެހެން ގައުމެއް ތަމްސީލު ކުރަން ދިޔުމަކީ ލަދުވެތި ކަމެއް ކަމަށް ޝެއިހު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
އަލީ ޒައިދު މިހެން ވިދާޅުވީ، މިސްރުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ތިމާވެއްޓާއި ބެހޭ ސަމިޓު ކޮޕް 27 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސްރީ ލަންކާ ތަމްސީލު ކުރައްވާތީ ކުރެއްވި ޓުވީޓެއްގައެވެ.

އެގޮތުން މީގެ ކުރިން ރައީސްކަންވެސް ކޮށް މިހާރުވެސް ދައުލަތުގެ އެންމެމަތީ 1 މަގާމް ފުރުއްވަމުންދާ ބޭފުޅެއްނަމަ އެކަމަކީ ކުރުން އެއްގޮތަކަށްވެސް މުނާސަބުކަމެއް ނޫން ކަމަށް އަލީ ޒައިދު ވިދާަޅުވިއެވެ.


މިކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، ކަންބޮޑުވުން ފާޅުކުރައްވާ ކުރީގެ ބަންޑާރަ ނައިބު ޑރ.މުހައްމަދު މުނައްވަރުވެސް ވަނީ، މަޖިލީހުގެ ރައީސް ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން އެހެން ޤައުމެއްގެ ވަފުދުގައި އެ ޤައުމު ތަމްސީލު ކުރަން ވަޑައިގެންނެވިއިރު ދިވެހި ދައުލަތަށް ވަފާތެރި ވުމަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ.


ޑރ.މުނައްވަރު ގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރުވެސް ވަނީ ހަމަ މިމައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އާޒިމާ ވަނީ މިއީ ގާނޫނު އަސާސީ ހުއްދަކުރާ ނުވަތަ މަޖިލީހުގެ ރައީސްއަކަށްވެ ހުރެ ކުރެވޭނެ ކަމެއްތޯ ސުވާލު އުފައްދަވާފައެވެ.

ނަޝީދުގެ މި ދަތުރުފުޅަށް މަޖިލީހުން އެއްވެސް ޚަރަދެއް ނުކުރާނެކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

ކޮޕް 27 ގައި ރައީސް ނަޝީދު ލަންކާ ތަމްސީލު ކުރައްވާއިރު, ދިވެހި ވަފުދުގައި އިސްކޮށް ހުންނެވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. 

ގުޅުންހުރި ލިޔުންތައް

5 ޚިޔާލު

  1. އަންނި ބުއްޅަބޭއަށް ދައުވަތު ނުލިބުނީމާ މަތިން ބައިން ޖެގިގަނެގެން މައިކްތަކަށް ސޮނިބުރުއްސާލަން ޖެހޭނެނު ތިމާވެއްޓެއްް އެއްޗެއް އެނގޭ މީހެއްނޫން ހަންޑިއަކީ ވަރަށް ވަރަށްސާފް

  2. އެއީލަދުވެތިކަމެއްނޫން އެއީއުޚުވަތްތެރިކަން ލަނކާއިންރާއްޖޭގެކިތައްބޭފުޅުންނަށް ކިތައްއެހީލިބިފައިވޭތޯރަނގަޅައްބަލާބަލާށެވެޟެއިޚެއްވިއަސް މެމްބަރަކަށްވިޔަސް ތިޔަދެކިވަޑައިގަންނަވަނީ ނަފުރަތުގެލޮލަކުން ނުވަތަހަސަދަވެރިކަމުން ހަސަދައާފިތުނަޔާމަކަރުންހިތާއިމެޔާފުރައިފިއްޔާ
    މަ ސަލަހުންއެއްމެހިނދުކޮޅަކަށްނަފުސުގައިމޭނުހުންނާނޭ

  3. ދިވެހިން ފަހުރުވެރިވާންޖެހޭ ކަމެއް. ހާއްސަކޮށް އަވަށްޓެރި ގައުމެއް ތަމްސީލު ކުރުމަކީ ނުހަނު އުފާ ވާންޖެހޭ ކަމެއް. ލަންކާ މިވަގުތުވަނީ އެހީތެރިކަމަށް ބޭނުންވެފައި. އެކަމުގަ ދިވެއްސަކަށް އިސްރޯލެއް އަދާކުރުމަށް ފުރުސަތުލިބި އެކަމުގަ އުޅެވުމަކީ ކޮންމެ ދިވެއްސަކަށް ލިބޭނެ ފަހުރެއް އުފާވެރިކަމެއް ހިތްހަމަޖެހުމެއް.

  4. ކީއްވެތޯ ރނަޝީދަށް ލަންކާގެ ނަމުގާ ކަމެއް ނުކުރެއްވެންވީ؟
    މިގައުމުގެ ކިތައްކަންތައްތޯ އިންޑިއާމީހުން މިގައުމުގެ ނަމުގާ ރައީސްމީ އެކުރުވަނީ، އެންމެ ކުޑަވެގެން މިގައުމުގެ އިއްޒަތާޝަރަފުވެސް އިންޑިއާމީހުންލައްވާ ނަގާލައިފި ރނަޝީދަށްވެސް ހަމަ އެކަން ކުރުމުގެ ބާރާ އިޚުތިޔާރު ލިބިގެން ވާނެ، ވަކި މީހަކު ކޮށއފިއްޔާ ރަނގަޅު ވެފަ ދެންތިބި މީހ7ނަށް ނުކުރެވޭ އުސޫލެއް އޮވިގެން ނުވާނެ،

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ