- Advertisement -ad image

އައްޑޫ ސިޓީން ރައީސް ޔާމީނަށް ހޫނު މަރުހަބާއެއް

ad image

ގުޅުންހުރި ލިޔުންތައް

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން މިއަދު އައްޑޫ ސިޓީއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކެމްޕެއިންއަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު މިހާރު ގެންދަވަނީ ރާއްޖޭގެ ރަށްތަކަށް ޒިޔާރަތް ކުރައްވަމުންނެވެ.
އެގޮތުން މިހާރު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ އެމަނިކުފާނު ވަޑައިގެންނެވީ ފޭދޫއަށެވެ.

މި ދަތުރުފުޅުގައި ރައީސް ޔާމީން އައްޑޫ ސިޓީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕިޕީއެމްގެ ބައެއް އޮފީސްތަކާއި ޖަގަހަތައް ހުޅުވަންވެސް ހަމަޖެހިފައިވާކަމަށް ޕީޕީއެމް އިން މައުލޫމާތު ދިނެވެ.

ރައީސް ޔާމީންގެ އައްޑޫ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ 10 ނޮވެމްބަރުގައެވެ.

ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް ގިނަ ބަޔަކު ވަނީ އެއަރޕޯޓަށް ގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ