- Advertisement -ad image

ރައީސް ޔާމީންގެ ސުވާލެއް! ދަރަނި ތިންގުނަ ވީއިރު ބަދަލުގައި ފެނިފައި އޮތް ތަރައްޤީއަކީ ކޮބާ؟

ad image

ގުޅުންހުރި ލިޔުންތައް

ދަރަނި ތިންގުނަ އިތުރުވީއިރު އޭގެ ބަދަލުގައި މި ސަރުކާރަށް ގެނެވުނީ ކޮން ތަރައްޤީ އެއްތޯ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން ސުވާލު އުފައްދަވައިފިއެވެ.
އައްޑޫސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ފޭދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސް ސާލިހު ބުރިޖެއް އަޅަން އުޅެނީ ކަމަށާއި އެމަނިކުފާނު ކުރެއްވި ކޮންމެ ކަމަކަށް ކަމެއް ކުރެވޭތޯ އެބައުޅޭ ކަމަށެވެ.
އަދި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ޗައިނާއިން ލޯނު ނެގުން ގޯސްވެފައި، ހިންގަމުންދާ މަޝްރޫޢުތައް އަވަސްކުރަންކަމަށް ބުނެ އިންޑިއާއިން 100 މިލިއަން ޑޮލަރުގެ ލޯނެއް ނެގުންވެސް ރަނގަޅު ކަމަށެވެ.

ރައީސް ޔާމީނުގެ ޒައާމަތުގައި އެމްޑީޕީ އިދިކޮޅުގައި އޮވެ ދެއްކި ވާހަކައަކީ ރައީސް ޔާމީނުގެ ވެރިކަމުގައި އުފަންނުވާ ކުދިންނާއެކު އެތައް ބިލިއަން ރުފިޔާގެ ދަރަނި އަޅުވާފައިވާ ކަމަށެވެ.
އަދި ބޮލަކަށް 100،000 އަށްވުރެ ގިނަ ރުފިޔާގެ ދަރަނި އަޅުވާފައިވާކަމަށް ބުނެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވައުދުވެވަޑައިގެންފައިވަނީ ރައްޔިތުން ކައިރިން ހުއްދަ ނުހޯދާ ދަރަނި ނުނަންގަވާނެ ކަމަށެވެ.

ނަމަވެސް ނިމިގެންމިދާ ހަތަރު އަހަރުގެ ތެރޭގައި މިހާތަނަށް އެންމެ ގިނައިން ލޯނު ނަގާފައިވަނީ މި ސަރުކާރުން ކަމަށް ތަފާސް ހިސާބުން ފެންނަން އޮތް ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ.

ރައީސް ޔާމީންވަނީ މިހާރު އުފަންވާ ކޮންމެ ކުއްޖެއްގެ ބޮލަށް މިހާރު 265،000 ރުފިޔާ ދަރަންޏަށް ޖެހޭ ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ހުޅުމާލެއާއި މާލެ ގުޅުވައިލާ ބުރިޖު އެޅިއިރު އެ މަޝްރޫޢުގެ ސަބަބުން ކޮންމެ ރައްޔިތެއްގެ ބޮލުގައި 80،000 ރުފިޔާގެ ދަރަނިއެޅޭކަމަށް ބުނެ އެމްޑީޕީއާއި އެ ޕާޓީއާ ގުޅިފައިވާ އިއްތިހާދުގެ އެކި ފަރާތްތަކުން ފާޑުކީކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ