- Advertisement -ad image

ކުޑަ ފިރިހެން ކުއްޖަކަށް އިންޑިއާ ޓީޗަރަކު ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ހއ ރަަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް އިންޑިއާ ޓީޗަރަކު ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިމައްސަލައާ ގުޅިގެން ފުލުހުން ބުނީ، ހއ، ހދ، ށ ގައި ހިމެނޭ ރަށެއްގައި 17 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިމަހުގެ 5 ވަނަ ދުވަހުގެ ރޭ 9:43 ހާއިރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި މިމައްސަލައާއި ގުޅިގެން 28 އަހަރުގެ ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއް ކަމުން ކުއްޖާގެ މައުލޫމާތާއި އަތޮޅާއި ރަށް ހާމަކުރެވެން ނެތް ކަމަށެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ޓީޗަރުގެ މައްސަލަ ނުބަލާ ކަމަށް ބުނެ އެ ރަށުގެ މަސްރަހު ގޯސްވެ މުޒާހަރާވެސް ކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ