- Advertisement -ad image

ގައިދީން ތަހައްމަލް ކުރަންޖެހޭ ދަތިތަކަކީ ފަރުވާ ހޯދަންޖެހިފައިވާ ގައުމީ މައްސަލައެއް: ހޯމް މިނިސްޓަރ

ad image

ގުޅުންހުރި ލިޔުންތައް

ގައިދީން ތަހައްމަލުކުރަންޖެހޭ ދަތިތަކަކީ ފަރުވާ ހޯދަން ޖެހިފައިވާ ގައުމީ މައްސަލައެއްކަން މިސަރުކާރުން ފުރިހަމައަށް ގަބޫލުކުރައްވާކަމަށާއި, އެކަމަށް ފަރުވާ ހޯއްދަވާނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 25 ވަނަ އަސާސީ ތަމްރީނު ޕްރޮގްރާމްގެ ބައިވެރިން ދަސްވެނިވުމާއި ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރު އައީ ޒަމާނުއްސުރެ ދިވެހިންގެ ހިތުގައި ޖަލުތަކާމެދު އުފެދިފައިވާ ކިލަނބީ ތަސައްވަރު, ދިލާސީކުރުމުގެ ފުރިހަމަ ތަސައްވަރަކާއެކުކަމަށެވެ. .

މިނިސްޓަރ ޢިމްރާން ވިދާޅުވީ ހޯމް މިނިސްޓަރުކަމާއި ހަވާލުވީއިރުވެސް ޖަލުތަކުގެ ހާލު ރަނގަޅަށް ދެނެހުރިކަމަށާއި ގައިދީން ތަހައްމަލުކުރަންޖެހޭ ދަތިތަކަކީ ފަރުވާ ހޯދަން ޖެހިފައިވާ ގައުމީ މައްސަލައެއްކަން މިސަރކާރުން ފުރިހަމައަށް ގަބޫލުކުރައްވާކަމަށެވެ. މިސަބަބާހުރެ ޖަލުތައް ހިންގުމުގެ މުޅި ނިޒާމް ރިފޯމްކޮށް, އިންސާނީ ކަރާމާތާއި, އަސާސީ ހައްގުތަކަށް ކަށަވަރުވާނޭ ފަދައިން ޖަލުގެ ކަންކަން ތަރުތީބުކޮށް ހިންގުމަށް ބޭނުންވާނެ ޑައިރެކްޝަން އަބަދުވެސް ދެއްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކަރެކްޝަންގައި ތަމްރީނުދިނުމަށް އެންމެ އެކަށޭނަ ވަސީލަތްތައް ނެތުން އެއީ އަޅުގަނޑުމެން ހިތާމަކުރާކަމެއްކަމަށާއި, 50 އަހަރުވީ މިހިދުމަތުގައި ޒަމާނާ އެއްވަރަށް ޓްރެއިނިންގ ދެވޭނެ މަގުތައް ފަހިކޮށްދިނުމަކީ ވަރަށް މުހިއްމުކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމަށް މިއަދު ވަރަށް ބޮޑު ހައްލެއް ހޯދާދެވިފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ ތެރެއިން, ގާނޫނު ތަންފީޒުކުރާ ހުރިހާ މުއައްސަސާތަކަށް ބޭނުންވާނެ ތަމްރީނު އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުމަށް މިއަދު އެކަށީގެންވާ ނިޒާމެއް ގާއިމްކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ