- Advertisement -ad image

ބަޖެޓް ބަހުސް ފަށާނީ މާދަމާ، ބުރާސްފަތި ދުވަހާއި ހަމައަށް ކުރިއަށްދާނެ

ad image

ގުޅުންހުރި ލިޔުންތައް

2023 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ ބަޖެޓްގެ ބަހުސް މަރުހަލާ މާދަމާ ފެށުމަށް ތަޢާވަލުކޮށްފިއެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށައަޅާފައިވަނީ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ހުށަހެޅުމަށްފަހު މެމްބަރުން ބަޖެޓް ދިރާސާ ކުރުމަށް ވަނީ ތިން ދުވަހުގެ މުއްދަތެއް ދީފައެވެ. ތަޅުމުގައި ބަޖެޓަށް ބަހުސް ކުރުމުގެ މަރުހަލާ އަންގާރަ ދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވަނީ ވިދާޅުވެފައެވެ. އަދި ބަޖެޓު ބަހުސް މަރުހަލާގައި ޖަލްސާތައް ރޭގަނޑާއި ހަމައަށް ކުރިއަށްދާނެކަމަށްވެސް އީވާ ވިދާޅުވިއެވެ.

ބަޖެޓް ބަހުސްގައި ކޮންމެ މެމްބަރަކަށް 15 މިނިޓްގެ ވަގުތެއް ދޭނެއެވެ. ބަޖެޓް ބަހުސް އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ މުޤައްރިރަކަށް މިފަހަރުވެސް ކަނޑައަޅާފައިވަނީ ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒްއެވެ. ކޮމިޓީގެ ނައިބް މުޤައްރިރަކަށް ކަނޑައަޅާފައިވަނީ އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސެއިނެވެ.

ބަޖެޓްގެ ބަހުސްއަށްފަހު ކޮމެޓީ މަރުހަލާގެ މަސައްކަތް ނިންމައި މަޖިލީހުން ބަޖެޓް ފާސް ކުރުމަށް އަމާޒު ހިފާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ