- Advertisement -ad image

ތިލަފަތުގެ ޕާޓީއަށް އޮތް ތާއީދު މިއަދު، ތިލަފަތަށްލާފަ މިނެ ކިރަންޖެހޭ: ރައީސް ޔާމީން

ad image

ގުޅުންހުރި ލިޔުންތައް

ތިލަފަތުގެ ޕާޓީ، ތިލަފަތުގެ އެތެރޭ ހުރި އެއްޗެއް ބަލަންޖެހޭ ކަމަށާއި އެމީހުންނަށް އޮތް ތާއީދު ތިލަފަތަށްލާފައި މިއަދު މިނެކިރަން ޖެހޭ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީއަކީ ފިނޑި ބަޔަކު ތިބި ޕާޓީއެއް ކަމަށާއި އަދިވެސް ސަރުކާރު ވައްޓާލަފާނެ ކަމުގެ ބިރު ބޮޑީ ކަމަށެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މާލޭގައި ހުރި ހުރިހާ މެޝިނަރީޒް އާއެކީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހަވާލު ކުރުމުންވެސް ހިންގަން ނޭންގުނު ކަމަށެވެ.
“ އަޅުގަނޑުމެން 68 ޑޮކްޓަރުން ސްޕެޝަލައިޒްކޮށް ޓްރެއިން ކުރިން. އަދި ރަށްރަށުގައި ހިދުމަތްދޭން ބޮންޑުކުރިން. ދެން ކީއްވެތޯ މިއަދު ޑޮކުޓަރުން ނެތީ”؟ ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އައްޑޫ ސިޓީއަށް ވަޑައިގެންނެވިއިރު ދުނިޔޭގެ ފަސް ބައްރަށް ނިސްބަތްވާ ޖެޓްތައް ޖައްސާފައިވާތަން ފެނުމުން ހަމަ ހައިރާންވެވަޑައިގެންނެވި ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އިންޑިއާ މީހުން އައްޑޫގައި ތިބީ ބީޗު ރީތިވެގެން ނޫން ކަމަށާއި އެމީހުން މިތަނުން ނުފާއިބާނެ ކަމަށެވެ.
“ 2023 ވަނަ އަހަރު އިންތިހާބުގައި އަޚުގަނޑު މި ވާދަކުރަނީ އިންޑިއާގެ ޗީފު މިނިސްޓަރާއި” ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ މި ޖަލްސާގައި އެ ސިޓީގެ ޒުވާނުންނަށް ރޭސިން ޓްރެކެއް އެމަނިކުފާނުގެ ވެރިކަމެއްގައި އަޅުއްވައިދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ރޭގެ ޖަލްސާގައި ހިތަދޫއިން ގިނަ ބަޔަކު ވަނީ ޕީޕީއެމްއާއި ގުޅިފައެވެ.


ރައީސް ޔާމީންގެ މިދަތުރުފުޅުގައި އައްޑޫ ސިޓީން އެމަނިކުފާނަށް ބޮޑު ތަރުހީބެއް ދަނީ ލިވެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ