- Advertisement -ad image

ޖުމުހޫރީ ދުވަހުގެ ޖަލްސާ އޮތަސް ބަޖެޓް ބަހުސް ނުނިމޭނަމަ ބުރާސްފަތި ދުވަހުގެ ރޭ ވެސް މަޖިލީހުގެ ޖަލްސާ އޮންނާނެ: އީވާ

ad image

ގުޅުންހުރި ލިޔުންތައް

ޖުމުހޫރީ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ އޮތްނަމަވެސް ބަޖެޓް ބަހުސްގައި ހުރިހާ މެންބަރުން ވާހަކަ ދެއްކުން ނުނިމޭނަމަ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ކުރިއަށް އޮތް ތިން ދުވަހު މަޖިލީހުގައި ރޭގަނޑާއެކު ބަޖެޓް ބަހުސް ކުރިއަށްދާނެ ކަން އީވާ އިއުލާނު ކުރެއްވުމުން އިހަވަންދޫ ދާއިރާގެ މެންބަރު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ.
ނިޒާމީ ނުކުތާ ނަންގަވާ އިހަވަންދޫ ދާއިރާގެ މެންބަރު ޝިފާއު ވިދާޅުވީ، މަޖިލީހުގެ ގިނަ މެންބަރުންތަކަކަށް ޖުމުހޫރީ ދުވަހުގެ ޖަލްސާއަށް ދައުވަތުދީފައިވާ ކަމަށެވެ.

ޝިފާއު މިހެން ވިދާޅުވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބުވރައީސް ވިދާޅުވީ، މެންބަރުން ބަޖެޓަށް ބަހުސްކޮށް ނުނިމޭނަމަ ޖަލްސާ ކުރިއަށްދާނެ ކަމަށާއި ނޫނީ އޭގެ ކުރިން ބަހުސްކޮށް ނިންމާލަން ޖެހޭނެ ކަމަށެވެ.
ނޫންނަމަ ޖަލްސާއަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން ޖަލްސާއަށް ވަޑައިގަތުން މައްސަލައެއް ނޫން ކަމަށާއި ބަޖެޓްގެ ބަހުސް ޖަލްސާ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އީވާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ