- Advertisement -ad image

މޫސަ އެމްޑީޕީ އާއި އަލުން ގުޅުން، ރައީސް ސާލިހު ސިފަކުރެއްވީ ލިބުނު ހިތްވަރެއްގެ ގޮތުގައި

ad image

ގުޅުންހުރި ލިޔުންތައް


އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އެއް ކަމަށްވާ މޫސާ މަނިކު އަލުން އެމްޑީޕީ އާއި ގުޅިއްޖެއެވެ.
މޫސާ މަނިކު އެމްޑީޕީ އާއި ގުޅުމުން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ، މިއީ ލިބިގެންދިޔަ ބޮޑު ހިތްވަރެއްކަމުގައެވެ.
މޫސާ މަނިކު އެމްޑީޕީ އާއި ގުޅިފައިމިވަނީ އެ ޕާޓީން އޭނާ ވަކިވިތާ އަށް އަހަރު ފަހުންނެވެ. މޫސަ އެމްޑީޕީ އަށް ސޮއިކުރީ މިއަދު ހަވީރުއެވެ.
ރީކޯ މޫސަ އެމްޑީޕީއަށް ސޮއި ކުރަން ބޭއްވި ހަފްލާގައި ރީކޯ މޫސަގެ ފޯމާއި ހަވާލުވެވަޑައިގެންނެވީ އިކޮނޮމިކް މިނިސްޓަރު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެވެ.
މޫސާ މަނިކު ފާހަގަވެފައިވަނީ އެމްޑީޕީގެ ރައީސް ސާލިހު ފެކްޝަނަށް ތާއީދު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ