- Advertisement -ad image

އަޒުމަކަށް ވާންވީ ނަޝީދާއި ސާލިހު ވެސް ބަލިކުރުން: ޝުޖާ

ad image

ގުޅުންހުރި ލިޔުންތައް


އެމް.ޑީ.ޕީ ގެ ރައީސް މުހައްމަދު ނަޝީދާއި އަދި އެޕާޓީގެ އިސް ލީޑަރު، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މި ދެބޭފުޅުން ގުޅިގެން ކުޅޭ ޑްރާމާގައި ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ސަޕޯޓަރުން ނުޖެހުމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހިމް ޝުޖާއު ގޮވާލައްވައިފިއެވެ.
ޝުޖާ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ސާލިހު އާއި ނަޝީދު މިދެމީހުންނަކީ އެކަށްޗެއް ކަމަށެވެ.
އަދި ދެމީހުން އެއްބަސްކިޔާގެން މިއޮތީ ޤައުމު ވިއްކާލާފައި ކަމަށާއި އަޒުމަކަށް ވާންވާނީ ރައީސް ސާލިހާއި ރައީސް ނަޝީދުވެސް ބަލިކުރުން ކަމަށް ޝުޖާ ވިދާޅުވިއެވެ.

ޝުޖާ މިހެން ވިދާޅުވެފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓެއް ހޮވުމަށް އެމްޑީޕީން ބާއްވާ ޕްރައިމެރީގައި ރައީސް ސާލިހުއަށް ތާއީދު ނުކުރައްވާނެ ކަމަށް މިއަދު ނަޝީދު ވިދާޅުވެފައިވާތީއެވެ.
ރައީސް ނަޝީދު މިކަން ހާމަކުރެއްވީ އެމްޑީޕީގެ މެންބަރުން ތިއްބެވި ގްރޫޕެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމްޑިޕީގެ ޕްރައިމަރީގައި ރައީސް ސޯލިހަށް ތާއިދުކުރައްވާނެކަން ހާމަކުރެއްވުމާއި ގުޅިގެން ކުރެއްވި މެސެޖެއްގައެވެ.
ޝާހިދުގެ މެސެޖަށް ރައްދު ދެއްވައި ރައީސް ނަޝީދު ކުރެއްވި މެސެޖުގައި ވިދާޅުވެފައިވަނީ ‘މިފަހަރު ރައީސް ޞާލިހަށް ތާއިދުކުރެވޭކަށް ނެތް’ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ