- Advertisement -ad image

ޕޮލިސް އެކަޑަމީގައި ބަނޑަހަ ޖަހައިގެން އެހެން ގައުމެއްގެ ބަޔަކު ނުތިބޭނެ: ސަރުކާރު

ad image

ގުޅުންހުރި ލިޔުންތައް


އައްޑޫ ސިޓީގައި ހުންނަ ޕޮލިސް އެކަޑަމީގައި ބަނޑަހަ ޖަހައިގެން ބޭރުގެ ގައުމެއްގެ އެއްވެސް ބަޔަކު ނުތިބޭނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިހެން ވިދާޅުވެފައި މިވަނީ ޕޮލިސް އެކަޑަމީގެ ބޭނުމަކީ އައްޑޫގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުން ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވުމާއި ގުޅިގެންނެވެ.
މިއުވާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއީ ކަނޑައެޅިގެން ހަގީގަތާ ޚިލާފް ވާހަކައެއް ކަމަށާއި ޕޮލިސް އެކެޑަމީ އަކީ ދިވެހި ސަރުކާރުގެ ތަނެއް ކަމަށެވެ.
“ އެހެން ގައުމެއްގެ އެއްވެސް މިންވަރެއްގެ ކޮންޓްރޯލެއް އޮތް ތަނެއް ނޫން. އެތަނުގައި ބަނޑަހަ ޖަހައިގެން ބޭރު ގައުމެއްގެ އެއްވެސް ބަޔަކު ނުތިބޭނެ” މިއުވާން ވިދާޅުވިއެވެ.

އައްޑޫސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ދިވެހިން އެދޭ ގޮތް ނޫންކަމަށް ބުނަންޖެހޭ ކަމަށެވެ. އަދި އެކަމުގައި އައްޑޫ ސިޓީން މިސާލުދައްކައިފިނަމަ އެކަމުން މުޅި ރާއްޖެއަށްވެސް ހިތްވަރު ލިބިގެންދާނެ ކަމުގައި ވިދާޅުވިއެވެ.

“މިވަރުގެ މަސައްކަތެއް ކުރުމުގެ ބޭނުމަކީ މިތަނުގައި ތިބުން. ތިޔަ ޓްރޭންކުރާ ފުލުހުންތައް ޓްރޭން ކުރިނަމަވެސް، އަޅުގަނޑުމެންނާ މިހާރުވެސް އެ އިމާރާތްތައް ހަވާލު ކުރަންވީ. އިހުލާސްތެރިކަމެއް މި މަސައްކަތުގައި އިންޑިއާ ސަރުކާރުގައި އޮތްކަމަށް ވަންޏާ، ޞާލިޙްގެ ސަރުކާރުގައި އިހުލާސްތެރިކަމެއް އޮތްކަމަށް ވަންޏާ އަޅުގަނޑުމެންނާ އެބަޖެހޭ އެތަނުގެ ރަޖިސްޓްރީ ހަވާލު ކުރަން.” ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. އެތަމުގާ އިންޑިޔާސ ސިފައިން ނުތިބޭނޭ ރަގަޅުވާހަކައެ ދެންއޮނަރިޔާސީއިންތިހާބެއްގަ މިވެރިކަން ނިމޭނެ ދެންއަންނަބަޔަކު އިންޑިޔާސިފައިން މގައުމުން ފޮނުވާލާނެ😂😂

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ