- Advertisement -ad image

މާއުނގޫދޫ މާރާމާރީ: 31 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ށ މާއުނގޫދޫގައި ރޭ ހިނގި މާރާމާރީ އާއި ގުޅިގެން 31 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ށ މާއުނގޫދޫގައި ތޫނު އެއްޗަކުން ދެ މީހަކަށް ހަމަލާދީ ފައިވާ ކަމަށް ރޭ ހަތަރު ގަޑި ސާޅީސް ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މިމާރާމާރީގައި އަނިޔާވި 25 އަހަރުގެ މިހާ އާއި 31 އަހަރުގެ މީހާއަށް މާއުނގޫދޫ ހެލްތް ސެންޓަރުގައި ފަރުވައިދީފައިވާ ކަމަށެވެ.
އަދި 31 އަހަރުގެ މީހާއަށް އިތުރު ފަރުވާ ދިނުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ބުނީ މިމައްސަލަ އާއި ގުޅިގެން 31 އަހަރުގެ ދިވެހި ފިރިހެނަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ