- Advertisement -ad image

ޔާމީން ރަޝީދުގެ މަރު: 2 މީހެއްގެ މައްސަލަ އިސްތިއުނާފުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ރަހުމު ކުޑަގޮތަކަށް މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ކުށް ސާބިތުނުވި 2 މީހެއްގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފްކޮށްފިއެވެ.

ޕީޖީ އޮފީހުން ބުނީ ޔާމީން ރަޝީދު މަރާލި މައްސަލައިގައި ގދ.ގައްދޫ، ސިންދުބާދުގެ، މުހައްމަދު ދިފްރާން އާއި، ކ.މާލެ، މ.ތާއިފް، އިސްމާއިލް ރަޝީދުގެ މައްޗަށް (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ކްރިމިނަލް ކޯޓަށް ހުށަހެޅި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް އެކޯޓުން ނިންމެވި ނިންމެވުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.

ޔާމީން ރަޝީދު މަރާލި މައްސަލައިގައި ހ. އަންނާރުމާގެ، އިސްމާޢީލް ހައިޝަމް ރަޝީދުއާއި، މ. އިރާސްމިކް، އަޙްމަދު ޒިހާންގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ޖެނުއަރީމަހުގެ ތެރޭގައިހުކުމް ކޮށްފައެވެ.

ޔާމީން ރަޝީދު މަރާލާފައިވަނީ 2017 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 23 ވަނަ ދުވަހުގެރޭ ދަންވަރު އޭނާ ދިރިއުޅުނު މ.ސްޕެޓިއުލާގޭގެ ސިޑިގޮޅި ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ