- Advertisement -ad image

ކޮޕް 27 ސަމިޓަށްފަހު މަޖިލީހުގެ ރައީސް ވަޑައިގަންނަވާނީ އިޓަލީއަށް

ad image

ގުޅުންހުރި ލިޔުންތައް


މިސްރުގައި މިހާރު ކުރިއަށްދާ ކޮޕް 27 ސަމިޓަށް ފަހު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަޑައިގަންނަވާނީ އިޓަލީއަށް ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
އެގޮތުން ރައީސް ނަޝީދު އިޓަލީއަށް ވަޑައިގަންނަވަނީ އެނުއަލް މީޓިން ކޮންފަރެންސް އޮފް ދަ ހެބިޓަބަލް ޕްރޮޖެކްޓްގައި ބައިވެރިވެވަޑައިގަތުމަށެވެ.
މަޖިލީހުގެ އިދާރާއިން ބުނީ އިޓަލީގެ ރޯމްއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ނަޝީދު ފުރައިވަޑައިގަންނަވާނެ ކަމަށާއި ރޯމަށް ފުރައިވަޑައިގަންނަވާނީ ކޮޕް 27 ގައި ބައިވެރިވެވަޑައިގަތުމަށް މިސްރަށް ކުރެއްވި ދަތުރުފުޅަށްފަހު މިސްރުން ކަމަށެވެ.
ހެބިޓަބަލް ޕްރޮޖެކްޓްގެ މަސައްކަތަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރުތަކާއި ހިޖުރަކުރުމާއި، ޑިސްޕްލޭސްމަންޓް ޕެޓަރންސް އާއި ދެމެދު އޮންނަ ގުޅުންތައް ދެނެގަތުމާއި ކުރިއަށް އޮތް ތަނުގައި އަންނާނެ ބަދަލުތައް ލަފާކުރުމެވެ.

ހަތަރު އަހަރަށް ކުރިއަށްދާ މި ޕްރޮޖެކްޓްގައި 17 ގައުމަކުން 21 ޕާރޓުނަރުން ބައުވެރިވެއެވެ. ރައީސް މުހައްމަދު ނަޝީދަކީ ހެބިޓަބަލް ޕްރޮޖެކްޓްގެ އެޑްވައިޒަރީ ބޯރޑު މެންބަރެއް ކަމަށް މަޖިލީހުގެ އިދާރާއިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ