- Advertisement -ad image

އަލިފާނުގެ ހާދިސާ: ވަގުތީ ބޯހިޔާވަހި ކަމަށް 18 ބިދޭސީންނާ 13 ދިވެހިން ގެންގޮސްފި

ad image

ގުޅުންހުރި ލިޔުންތައް

ރޭ ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން މާފަންނު ސްޓޭޑިއަމްގައި ހަމަޖައްސާފައިވާ ކަމަށް ނެޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.
އެގޮތުން އެ އޮތޯރިޓީން ކުރި ޓުވީޓެއްގައި ބުނީ އަލިފާނުގެ ހާދިސާ ހިނގުމުގެ ސަބަބުން އިމާރާތުން ނެރެން ޖެހުނު އެންމެނަށް ވަގުތީ ބޯހިޔާވެއްސެއްގެ ގޮތުން މާފަންނު ސްޓޭޑިއަމް ހަމަޖައްސާފައިވާ ކަމަށެވެ.
އަދި އެފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެކި އިންތިޒާމުވެސް ހަމަޖައްސާފައިވާ ކަމަށް އެންޑީއެމްއޭ އިން ހާމަކުރެއެވެ.

ރޭ ދަންވަރު 00:27 ކަންހާއިރު އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މާފަންނު އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުންނަ މ. ސެންރޯސްގޭގެ އެންމެ ތިރީގައި ހުރި ގަރާޖުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 10 އަކަށް އަރާފައެވެ. އަދި އެކަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު އޭނާގެ ހާލު ވަރަށް ސީރިއަސްކަމަށް އެ ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
ރޭގެ އަލިފާނުގެ ހާދިސާގައި އެ އިދާރާގެ ބެލުމުގެ ދަށަށް 18 ބިދޭސީއަކާއި 13 ދިވެއްސަކު ގެނެސްފައިވާކަމަށް ވެސް އެ އިދާރާއިން ހާމަކުރެއެވެ.
ނަމަވެސް މީގެތެރޭގައި ހިމެނޭ ގިނަ ދިވެހިން އެމީހުންގެ އާއިލާތަކުން ގެންގޮސްފައިވާ ކަމަށްވެސް އެންޑީއެމްއޭ އިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ