- Advertisement -ad image

އަލިފާނުގެ ހާދިސާ: މަރުވި މީހުންގެ އަދަދު 11 އަށް، އެތަނުގައި ދިރިއުޅޭ މީހުންގެ އަދަދު އަދިވެސް ސާފެއް ނުވޭ!

ad image

ގުޅުންހުރި ލިޔުންތައް

ރޭ މާލޭގެ މ ސެންރޯޒްގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 11 އަށް އަރައިފިއެވެ.
މިއީ ރާއްޖޭގެ ތާރީހުގައިވެސް މިފަދަ ހާދިސާއެއް ހިނގައި އެއްފަހަރާ މިހާ ގިނަ ބައެއްގެ ފުރާނަ ގެއްލުނު ފުރަތަމަ ހާދިސާއެވެ. މިއީ ބިދޭސީން އުޅެމުންދިޔަ ތަނެއް ނަމަވެސް އެތަނުގައި ދިރިއުޅެމުން ދިޔައީ ކިހާ އަދަދެއްގެ ބިދޭސީން އެއް ކަމެއް ކަމާ ބެހޭ ފަރާތްތަކަށް އަދިވެސް ބުނެއެއް ނުދެވެއެވެ.

އެމްއެންޑީއެފުން ބުނީ އެގޭގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބިފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރު 12:30ހާއިރުކަމަށެވެ. ބުދަ ދުވަހުގެ ރޭ މެންދަމު 3:56 ހާއިރު އަލިފާނުގެ 90 އިންސައްތަ ކޮންޓްރޯލްކުރެވުނު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެމްއެންޑީއެފުން ބުނީ އިމާރާތުން އެއްކޮށް އަލިފާން ނިއްވާލެވުނީ ފަތިހު 4:34ހާއިރު ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ