- Advertisement -ad image

ރައީސް ވިދާޅުވީ ބަދަލުނުކުރެވޭ ކެމިކަލް ގުދަނެއް ނެތް ކަމަށް، އެޗްޑީސީން ބުނީ ބަދަލުނުކުރެވޭ 18 ގުދަން ހުރި ކަމަށް

ad image

ގުޅުންހުރި ލިޔުންތައް

މާލޭގައި ބަދަލު ނުކުރެވޭ ގުދަނެއް ނެތް ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވިއިރު އެފަދަ 18 ގުދަން ބަދަލު ނުކުރެވި މާލެގައި ހުރި ކަމަށް އެ މަސައްކަތް ކުރަމުންދާ ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ ރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭ ހިނގި އަލިފާނުގެ ނުރައްކާތެރި މި ހާދިސާގައި މިހާތަނަށް 10 މީހަކު މަރުވެ އެކަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ރައީސް ސާލިހު ވިދާޅުވީ، ވެރިކަމުގެ ކުރީ ކޮޅުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރަން ނިންމި ކަމަށެވެ.

މިހާދިސާގައި މަރުވެފައިވަނީ އިންޑިއާ ލަންކާ އަދި ބަންގްލަދޭޝްގެ މަސައްކަތްތެރިން ކަމަަށް ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ. 2019 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އޭރު ސަރުކާރުން ބުނީ މާލެއިން ކެމިކަލް ގުދަންތައް ބޭރުގެ މަސައްކަތްކުރާނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ހަތަރު އަހަރު ވޭތުވިއިރުވެސް އަދި ވެސް އެކަންކަން ބަދަލުނުވެ އަނެއްކާ މިވަނީ ބޮޑު ހިތާމަވެރި ހާދިސާއެއް ހިނގާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ