- Advertisement -ad image

އަލިފާނުގެ ހާދިސާ: 9 މީހެއްގެ ހަށިގަނޑު ދެނެގަނެވިއްޖެ: ފުލުހުން

ad image

ގުޅުންހުރި ލިޔުންތައް

މިމަހުގެ 10 ވަނަ ދުވަހުގެ ރޭ މާފަންނު ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ގާދިސާގައި މަރުވި 9 މީހެއްގެ ހަށިގަނޑު ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި އަލިފާނުގެ ގާދިސާގައި މަރުވެފައިވާ 10 މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 3 އަންހެނަކާ ބަންގްލަދޭޝްގެ އަންހެނެއްގެ އިތުރުން އިންޑިއާގެ ހަތަރު ފިރިހެނަކާ ބަންގްލަދޭޝްގެ ފިރިހެނެކެވެ.
އެގޮތުން މިހާދިސާގައި މަރުވެފައިވަނީ އިންޑިއާ 7 މީހުންނާއި ބަންގްލަދޭޝްގެ 2 މީހުންނެވެ.
އަދި ހަށިގަނޑު ދެނެގަނެވިފައި ނުވާ ފިރިހެނަކު އެބައޮތް ކަމަށް ފުލުހުން ހާމަކުރެއެވެ. މި އަލިފާނުގެ ހާދިސާ އަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު މަރުވި މިފަދަ ހާދިސާއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ