- Advertisement -ad image

ދޯންޏެއް ބަންޑުން ޖަހާލައި، ބިދޭސީއަކު ގެއްލިގެން ހޯދަނީ

ad image

ގުޅުންހުރި ލިޔުންތައް


ގދ ވާދޫ ކުޑަ ކަނޑާ ދިމާލު ބޭރުން މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލާ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ ގދ ވާދޫ ކުޑަ ކަނޑާ ދިމާލު ބޭރުން މުދާ އުފުލާ ދޯންޏެއް ބަންަަޑުން ޖަހައިލައިގެން އުޅޭ ކަމަށް މިއަދު 13:25 އެހާއިރު ފުލުހުންނަަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ބަންޑުންޖަހާލި ދޯނި ކައިރީ ވާދޫ ސީވީޑް ދޯނި ހަރަކާތްތެރިވެ ބަންޑުން ޖަހާލި ދޯނީގައި ތިބި ހަތަރު މީހުންގެ ތެރެއިން ތިން މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ.
އަދި އެދޯނިން އެކަކު ގެއްލިފައިވާތީ އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ބިދޭސީއެއް ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ގދ.ފަރެސްމާތޮޑާއިން ފުރައިގެން 4 މީހުންނާއިއެކު 14 ނޯޓިކަލް މޭލް ބޭރުން ދަތުރުކުރަމުން ދިޔަ “ލިއޯ ސަކްސަސް”ނަމަކަށް ކިޔާ ލޭންޑިންގކްރާފްޓެއްގެ ބެޓެރި ފެއިލްވެ، ދިޔަވުމުގެ ސަބަބުން ބައްޑުންޖަހާލައި، އެކަކު ގެއްލިގެން ހޯދުމަށް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރާކާތްތެރިވާންފަށައިފާވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ